ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމާ ގުޅިގެން، ދިވެހިރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުގައި، އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ޖަލްސާ ބޭއްވުނު ތާރީޚު

03 ޖޫން 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

o ފަލަސްޠީނުގައި އިޒްރާއީލުން ހިންގަމުންދާ ޤަތުލުއާންމާ ގުޅިގެން ދިވެހިރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ތިރީގައި ދަންނަވާފައިވާ ކަންކަން ކުރިއަށް ގެންދެވުން.
o އިޒްރާއީލްގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި، ޤާނޫނުތަކަށް ގެންނަވަންޖެހޭ އިޞްލާޙުތައް ގެނެއުން.
o މިގޮތުން، ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، މިކަމާގުޅޭ އެހެނިހެން ކަންކަން ކުރުމަށްޓަކައި، ތިރީގައިވާ ކަމާގުޅޭ ވަޒީރުން ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވައިލުން.
1. އަލްފާޟިލް ޢަލީ އިޙްސާން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ޗެއަރމަން)
2. އަލްފާޟިލް މޫސާ ޒަމީރު މިނިސްޓަރ އޮފް ފޮރިން އެފެއާޒް
3. އަލްފާޟިލް މުޙައްމަދު ސަޢީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
4. އަލްއުސްތާޛު އަޙްމަދު އުޝާމް އެޓަރނީ ޖެނެރަލް
5. ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް
6. އަލްފާޟިލް އިބްރާހީމް ފައިޞަލް މިނިސްޓަރ އޮފް ޓޫރިޒަމް

o މި ކޮމިޓީގައި ތިރީގައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ގޮތެއް ނިންމެވުން.
o މީޑިއާ މެދުވެރިކޮށް، ރައްޔިތުންނަށް މިކަމުގެ ފުރިހަމަ މަޢުލޫމާތުތައް ރޭވުންތެރިކަމާއެކު ހިއްސާކުރުން. އަދި މަޢުލޫމާތު ދިނުމުގައި ސިޔާސީ ނޫން ބޭފުޅުންވެސް ހިމަނުއްވައިގެން މަޢުލޫމާތު ހިއްސާކުރުން.
o ރާއްޖެ އިސްނަގައި، އެކި ޤައުމުތަކަށް ދައުވަތު ދެއްވައި، މި މައްސަލައިގައި ޔުނައިޓެޑް ފްރަންޓެއް ގާއިމުކުރުމަށް މަސައްކަތް ކުރުން.
o މި ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައި، ކޮމިޓީގެ މަޝްވަރާތައް މީޑިއާއާއި ހިއްސާކުރުން."