ޕްރައިވެސީ ޕޮލިސީ

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޤާއިމުކޮށްފައިވާ "ކެބިންޓް.އެމްވީ" ވެބްސައިޓުން ޚިދުމަތް ދިނުމުގައި، އެއްކުރެވޭ މަޢުލޫމާތާއި، ބޭނުންކުރެވޭ މަޢުލޫމާތާއި، ރައްކައުކުރެވޭ މަޢުލޫމާތު ހާމަކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢަމަލުކުރާނެ ގޮތް ބަޔާންކުރާ ޕޮލިސީއެވެ. ކެބިންޓް.އެމްވީ ވެބްސައިޓު ބޭނުން ކުރުމުން މި ޕޮލިސީގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަށް އެއްބަސްވެވުނީއެވެ.

މަޢުލޫމާތު އެއްކުރުމާއި ބޭނުންކުރުން

ޚިދުމަތް ފޯރުކޮށްދިނުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި އެކިއެކި ބޭނުންތަކަށް ތަފާތު މަޢުލޫމާތު އެއްކުރެވޭނެއެވެ.

އެއްކުރެވޭ މަޢުލޫމާތުގެ ބާވަތްތައް

ވެބްސައިޓު ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މަޢުލޫމާތުގެ ތެރޭގައި ހިމެނޭ އަންނަނިވި މަޢުލޫމާތާއި، އެހެނިހެން މަޢުލޫމާތު އެއްކުރެވޭނެއެވެ.

ޒާތީ މަޢުލޫމާތު

  1. އީމެއިލް އެޑްރެސް.

  2. ފުރިހަމަ ނަން.

  3. ފޯނު ނަންބަރު.

  4. އެޑްރެސް، ސްޓޭޓް، ޕްރޮވިންސް، ޒިޕް/ޕޯސްޓަލް ކޯޑް، ސިޓީ.

  5. ކުކީސް އަދި ޔޫސޭޖް ޑޭޓާ.

ވެބްސައިޓު ބޭނުންކުރާ ފަރާތަކީ ކާކުކަން ނޭނގޭގޮތަށް ވެސް މި ވެބްސައިޓަށް ޒިޔާރަތް ކުރެވިދާނެއެވެ. ވެބްސައިޓު ބޭނުންކުރާ ފަރާތުގެ ޒާތީ މަޢުލޫމާތު އެއްކުރާނީ، އެފަދަ މަޢުލޫމާތު ހިއްސާ ކުރުމަށް ރުހުން ދޭނަމައެވެ. ވެބްސައިޓު ބޭނުންކުރާ ފަރާތްތަކަށް އެ ފަރަތާތެއްގެ ޒާތީ މަޢުލޫމާތު ފޯރުކޮށް ނުދިނުމަށް އިޚްތިޔާރުކުރެވިދާނެއެވެ. މިގޮތް އިޚްތިޔާރުކޮށްފިނަމަ، ވެބްސައިޓުގެ ޚިދުމަތް ލިބިގަތުމުގައްޔާއި، ވެބްސައިޓާ ގުޅުންހުރި ވަކި ހަރަކާތްތަކެއް ކުރުމަށް ހުރަސްއެޅުމަކީ އެކަށީގެންވާ ކަމެކެވެ.

ޒާތީ ނޫން މަޢުލޫމާތު

މި ވެބްސައިޓުގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސެކިއުރިޓީ މައްސަލަތަކާއި، ގެއްލުމެއް ލިބިދާނެފަދަ އެހެނިހެން މައްސަލަތައް ނުވަތަ ޤާނޫނާ ޚިލާފު ހަރަކާތްތައް ދެނެގަތުމަށާއި، އެކަންކަން ހުއްޓުވުމަށާއި، ޙައްލުކުރުމަށް ތިޔަ ފަރާތުގެ މަޢުލޫމާތު ބޭނުންކުރުން އެކަށީގެންވެއެވެ. ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ޒާތީ މަޢުލޫމާތުގެ ތެރޭގައި ނުހިމެނޭ އަންނަނިވި މަޢުލޫމާތު ބޭނުންކުރުން އެކަށީގެންވެއެވެ.

  1. ބްރައުޒަރގެ މަޢުލޫމާތު؛

  2. ޑިވައިސްގެ މަޢުލޫމާތު؛

  3. އިންޓަރނެޓް ޕްރޮޓޮކޯލް (އައި.ޕީ.) އެޑްރެސް؛

  4. ކުކީސް.

ކުކީސް

މި ވެބްސައިޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޕޯޓަލް ބޭނުންކުރުމުގެ ތަޖުރިބާތައް ދެނެގަތުމަށް، ކުކީސް ބޭނުންކުރެވޭނެއެވެ. ބްރައުޒަރ ސެޓިންގސް މެދުވެރިކޮށް ކުކީސް ޕްރިފަރެންސް މެނޭޖްކުރުމުގެ އިޚްތިޔާރު، ޚިދުމަތަށް އެދޭ ފަރާތަށް ލިބިގެންވެއެވެ.

މަޢުލޫމާތު ބޭނުންކުރުން

މި ވެބްސައިޓުން އެއްކުރެވޭ މަޢުލޫމާތު އަންނަނިވި ކަންކަމަށް ބޭނުންކުރެވިދާނެއެވެ.

  1. ވެބްސައިޓުގެ ޚިދުމަތް ފޯރުކޮށްދީ ބެލެހެއްޓުން.

  2. ޚިދުމަތަށް އަންނަ ބަދަލުތައް އަންގައިދިނުމަށް.

  3. ޚިދުމަތުގެ އިންޓަރެކްޓިވް ފީޗާސްތަކުގައި ބައިވެރިވުމަށް އިޚްތިޔާރުކުރާ ވަގުތުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް.

  4. ކަސްޓަމަރ ސަޕޯޓް ދިނުމަށް.

  5. ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ތަޙުލީލު ކުރުމަށް ނުވަތަ މަޢުލޫމާތު އެއްކުރުމަށް.

  6. ބޭނުންކުރާ ޚިދުމަތް މޮނިޓަރކުރުމަށް.

  7. ފަންނީ މައްސަލަތައް ދެނެގަނެ، އެފަދަ މައްސަލަތައް ހުއްޓުވައި، އެ ކަންކަން ޙައްލުކުރުން.

މަޢުލޫމާތު ހިއްސާކުރުން

އަންނަނިވި ބޭނުންތަކަށް ޓަކައި، ވެބްސައިޓު ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރެވިދާނެއެވެ.

  1. ޤާނޫނީ ވާޖިބަކަށް ޢަމަލުކުރުން.

  2. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޙައްޤުތައް ޙިމާޔަތްކޮށް ދިފާޢުކުރުން.

  3. މި ޚިދުމަތް ބޭނުންކުރާ ފަރާތްތަކުން ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށާއި އެ ކަންކަން ތަޙުޤީޤުކުރުން.

  4. ޚިދުމަތް ބޭނުންކުރާ ފަރާތްތަކާއި އާންމުންގެ ރައްކައުތެރިކަން ކަށަވަރުކުރުން.

  5. ޤާނޫނީ ޒިންމާއިން ރައްކައުތެރިވުން.

  6. މަޢުލޫމާތުގެ ރައްކައުތެރިކަން ކަށަވަރުކުރުން

މި ވެބްސައިޓު މެދުވެރިކޮށް އެއްކުރެވޭ ޒާތީ މަޢުލޫމާތު ރައްކައުތެރިކަމާއެކު ބެލެހެއްޓުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅައިފައިވާނެއެވެ. މަޢުލޫމާތުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ޓަކައި، އެންކްރިޕްޓް ކުރުމާއި، ސެކިއުޔަރ ސޮކެޓް ލޭޔަރ (އެސް.އެސް.އެލް.) އާއި ފަޔަރވޯލް ފަދަ އާންމުކޮށް ބޭނުންކުރާ ސަލާމަތީ ވަސީލަތްތައް ބޭނުންކޮށްފައި ވާނެއެވެ. މި ވެބްސައިޓުން އެއްކުރާ މަޢުލޫމާތު ބެލުމުގެ ހުއްދަ ދީފައިވާނީ، ހުއްދަ ދެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

ޕްރައިވެސީ ޕޮލިސީ ބަދަލުވުން

  1. މި ޕްރައިވެސީ ޕޮލިސީ އަދާހަމަކުރަމުން ގެންދިޔުމުގެ އިޚްތިޔާރު، މި ވެބްސައިޓުގެ އެޑްމިނިސްޓްރޭޓަރަށް ލިބިގެންވެއެވެ. އަދި މި ޕޮލިސީއަށް ގެނޭވޭ އެއްވެސް ބަދަލަކަށް ޢަމަލުކުރަން ފަށާނީ، އިޞްލާޙުކޮށްފައިވާ ޕޮލިސީ މި ވެބްސައިޓުގައި ޝާއިޢުކުރާ ވަގުތުން ފެށިގެންނެވެ.

ގުޅުވުމަށް

މި ޕްރައިވެސީ ޕޮލިސީއާއި، މި ވެބްސައިޓުގެ އުސޫލުތަކާ ގުޅޭގޮތުން އެއްވެސް ސުވާލެއް އުފެދިއްޖެނަމަ އަޅުގަނޑުމެންނާ ގުޅުއްވުން އެދެމެވެ.