އެއްބަސްވެވޭ ޝަރުޠުތައް

ކެބިނެޓް.އެމްވީއަށް މަރުހަބާ!

މި ޝަރުޠުތަކަކީ މި ވެބްސައިޓު ބޭނުންކުރުމުގައި އެއްބަސްވެވޭ އުސޫލުތަކެވެ. މި ވެބްސައިޓް ބޭނުންކުރުމުން، މި ޝަރުޠުތަކާއި އުސޫލުތަކަށް ތަބާވުމަށް އެއްބަސްވެވުނީއެވެ. މި ޝަރުޠުތަކުގެ އެއްވެސް ބައެއް ގަބޫލު ނުކުރާނަމަ، މި ވެބްސައިޓް ބޭނުން ނުކުރުމަށް އިލްތިމާސްކުރަމެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ފޯރުކޮށްދިނުން

  1. މި ވެބްސައިޓުގައި ހިމެނޭ ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ޝާއިޢުކޮށްފައިވާ އެވަނީ ހަމައެކަނި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

  2. ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގެ އެކްސެސް، ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތްތަކަށް ދިނުމުގެ އިޚްތިޔާރު އެޑްމިނިސްޓްރޭޓަރަށް ލިބިގެންވެއެވެ.

  3. ހުއްދަ ނެތި މި ވެބްސައިޓަށް ވަނުމަކީ މަނާކަމެކެވެ.

ކޮންޓެންޓް ބޭނުންކުރުން

  1. މި ވެބްސައިޓުން ލިބެންހުރި ހުރިހާ ކޮންޓެންޓަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން ރައްކައުތެރިކުރެވިފައިވާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިލްކެކެވެ.

  2. ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ޑައުންލޯޑްކޮށް، ޕްރިންޓްކޮށް، ނުވަތަ އެހެން ގޮތަކުން ބޭނުންކުރެވޭނީ ވިޔަފާރި ކުރުން ނޫން، ހަމައެކަނި އަމިއްލަ ބޭނުންތަކަށެވެ.

  3. ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކަށް ބަދަލެއް ގެނައުމަކީ ނުވަތަ މޮޑިފައިކުރުމަކީ މަނާކަމެކެވެ.

  4. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިޔުމުން ދޫކޮށްފައިވާ ހުއްދަ ނެތި، ވަޒީރުންގެ މަޖިލީހުގެ ނިންމުމެއް ދައުރުކޮށް، ނުވަތަ ޓްރާންސްމިޓްކޮށް، ނުވަތަ ޑިސްޕްލޭކޮށް، ނުވަތަ އެ ނިންމުންތައް ބޭނުންކޮށްގެން އެހެން އުފެއްދުންތައް އުފައްދައިގެން ނުވާނެއެވެ.

ވެބްސައިޓު ބޭނުންކުރާ ފަރާތްތަކުން ގެންގުޅެންޖެހޭ ހަމަތައް

  1. މި ވެބްސައިޓް ބޭނުންކުރުމުގައި ޤާނޫނާ ޚިލާފު ނުވަތަ މަނާ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ.

  2. ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހިމެނޭ ގޮތަށް، މި ވެބްސައިޓު ބޭނުންކުރާ ފަރާތްތަކުން ވެބްސައިޓުގެ އެއްވެސް ބަޔަކަށް ހުއްދަ ނެތި އެކްސެސް ހޯދުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ.

  3. މި ވެބްސައިޓުގެ ޚިދުމަތްތަކަށް ބުރޫއަރާނެ ފަދަ ގޮތަކަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކަށް ވެބްސައިޓު ބޭނުންކުރާ އެހެން ފަރާތްތަކަށް ނުވަދެވޭނޭ ގޮތަށް ހުރަސް އަޅައިގެން ނުވާނެއެވެ.

ޕްރައިވެސީ ޕޮލިސީ

  1. ޕްރައިވެސީ ޕޮލިސީއަކީ މި ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުން ފޯރުކޮށްދޭ ޒާތީ މަޢުލޫމާތު އެއްކުރުމާއި، ބޭނުންކުރުމާއި، ހާމަކުރުމުގެ އުސޫލުތަކެވެ.

  2. މި ވެބްސައިޓް ބޭނުންކުރުމުން، މި ވެބްސައިޓުގެ ޕްރައިވެސީ ޕޮލިސީގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މަޢުލޫމާތު ބޭނުންކުރުމަށް ރުހުން ދިނީކަމުގައި ބެލެވޭނެއެވެ.

ޒިންމާވާނެ ދާއިރާ

  1. މި ވެބްސައިޓުގައި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ފޯރުކޮށްދީފައި އެ ވަނީ ހަމައެކަނި މަޢުލޫމާތު ދިނުމުގެ ބޭނުމުގައި، އެ ނިންމުންތަކަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތިއެވެ.

  2. ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގެ ޞައްޙަކަމާއި ފުރިހަމަކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައިވިޔަސް، އެ ނިންމުންތައް ނިންމާ ވަގުތާއި ޝާއިޢުކުރެވޭ ވަގުތުގައި ތަފާތެއް ހުރުން އެކަށީގެންވެއެވެ.

  3. ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގައި ހިމެނޭ ޚިޔާލުތަކަކީ ވަކިވަކި ވަޒީރުންގެ މަޖިލީހުގެ ޖަލްސާތަކުގައި މިހާރު ތިއްބެވި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާޅުކޮށްފައިވާ ޚިޔާލުތަކެވެ.

  4. ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް މާނަކުރުމުގައި، އިސްކަންދޭންވާނީ މި ވެބްސައިޓުގައި ޝާއިޢު ކޮށްފައިވާގޮތަށް، އެ ލަފްޒުތަކާއި ޢިބާރާތްތަކަށް ދީފައިވާ މާނަކުރުމަށެވެ.

  5. ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ބޭނުންކުރުމުން ނުވަތަ ބޭނުންކުރަން ނުކުޅެދުމުގެ ސަބަބުން ސީދާ، ނުސީދާ، އިންސިޑެންޝަލް، ޚާއްޞަ، ނުވަތަ ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުމުގެ ޒިންމާއެއް ދިވެހި ސަރުކާރަކުން ނޫފުލާނެއެވެ.

ޝަރުޠުތަކަށް ބަދަލުގެނައުން

  1. މި ޝަރުޠުތައް ކޮންމެ ވަގުތެއްގައި ވެސް، އިޞްލާޙުކުރުމުގެ ނުވަތަ ބަދަލުކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިގެންވެއެވެ. މިފަދަ އެއްވެސް ބަދަލެއް ގެނައުމަށްފަހު، ވެބްސައިޓު ބޭނުންކުރާ ކުރުމަކީ، އިޞްލާޙުކޮށްފައިވާ ޝަރުޠުތައް ގަބޫލުކުރުން ކަމުގައި ބެލެވޭނެއެވެ.

  2. މި ޝަރުޠުތައް ދެނެގަތުމަކީ ވެބްސައިޓު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާއެކެވެ.

މި ޝަރުޠުތަކަށް ހިނގާނެ ޤާނޫނު

  1. މި ޝަރުޠުތައް މާނަކުރުމުގައި އަދި ޢަމަލުކުރުމުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކެވެ.

  2. މި ޝަރުޠުތަކާ ގުޅޭ އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ.

މި ވެބްސައިޓް ބޭނުންކުރުމުން، މި ވެބްސައިޓު ބޭނުންކުރާ ފަރާތްތަކުން މި ޝަރުޠުތަކަށް ތަބާވުމަށް އެއްބަސްވެވުނީއެވެ. މި ޝަރުޠުތަކާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ ކަންބޮޑުވުމެއް އޮތްނަމަ 3323701 އަށް ގުޅުއްވުން އެދެމެވެ.