ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ޖަލްސާ ބޭއްވުނު ތާރީޚު

31 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށްޓަކައި ތިރީގައި ދަންނަވާފައިވާ ކަންކަން ކުރިއަށް ގެންދެވުން.
(ހ) "ނޭޝަނަލް ކްރިއޭޓިވް އިކޮނޮމިކް ކޮމިޓީ" ގެ ނަމުގައި ތިރީގައިވާ ފަރާތްތައް ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވައިލުން.
• މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
• މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
• މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސް
• މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
• މިނިސްޓްރީ އޮފް އެޑިއުކޭޝަން
• މިނިސްޓްރީ އޮފް ފިނޭންސް
• މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް
• މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
• ޕްރެސިޑެންޝަލް ޔޫތް އެޑްވައިޒަރީ ކައުންސިލްގެ މެންބަރެއް
• ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
• ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
• އަންހެން ވިޔަފާރިވެރިއެއް
• ކަމާ ގުޅުންހުރި ދާއިރާގައި ހަރަކާތްތެރިވާ 3 ފަރާތެއް

(ށ) ޤައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖީއެއް އެކުލަވައިލުން.

(ނ) ކްރިއޭޓިވް އިކޮނިމީއަކަށް ދަރިވަރުން ބައްޓަންކުރުމަށް، ތަޢުލީމީ މަންހަޖުގައި ހުރި ކަންކަން ދެނެގަތުން.

(ރ) ބައިނަލްއަގުވާމީ ފެންވަރުގެ އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ގާއިމުކުރުން.

(ބ) ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަށް ހިތްވަރުދީ އައު ފުރުޞަތުތައް ތަނަވަސްކޮށްދޭން، ޒަމާނީ އިންތިޒާމުތަކާއި ވަސީލަތްތައް އެކުލެވޭ ސަރަހައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް (ޗާނދަނީ މަގުން، ބީ.ސީ.ސީ އަށް ދޫކޮށްފައިވާ ބިމުގައި) ގާއިމުކުރުން.

(ޅ) ފަންނީ އަދި އީޖާދީ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑެއް އެކުލަވައިލައި، މި ފަންޑުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ހަމަޖެއްސުމާއި، ބީ.ސީ.ސީ އިން ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އިންކިއުބޭޓަރ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ފަންޑުކޮށްދިނުން.

(ކ) ކްރިއޭޓިވް އިކޮނޮމީއަކަށް މަގުފަހިކުރުމަށްޓަކައި، ޒަމާނީ އިންފްރާސްޓްރަކްޗަރ އަދި ޓެކްނޯލޮޖީއަށް އިންވެސްޓްކުރުމަށް، ބައިނަލްއަގުވާމީ ދުނިޔެއަށް ހުޅުވާލުން.

(އ) އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޤާނޫނުތައް އިތުރަށް ހަރުދަނާ ކުރުމާއި، ޕޭޓަންޓް، ޓްރޭޑްމާރކް އަދި ކޮޕީރައިޓް ރަޖިސްޓަރީ ކުރުމުގެ ކަންކަން ހަމަޖެއްސުން.

(ވ) ދިވެހިރާއްޖޭގައި ސިޓީތައް ތަރައްގީކުރާއިރު، އިނޮވޭޝަން ހަބްސް އަދި ޓެކްނޯލޮޖީ ޕާކްފަދަ އުމްރާނީ ވަސީލަތްތައް ހިމެނޭގޮތަށް، ޤައުމީ ތަރައްގީގެ މާސްޓަރޕްލޭން އެކުލަވައިލުން.

ދިވެހިރާއްޖޭގެ ތާރީޚައި ޘަޤާފަތާ ގުޅިފައިވާ ލިޔެލާޖެހުމާއި އަތްތެރި މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ބ.ތުޅާދޫގައި ގާއިމުކުރުމަކީ، މި ޕްރޮގްރާމުގެ ތެރޭގައި ކުރާކަމެއްގެ ގޮތުގައި ހަމަޖެއްސުން.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހުށަހަޅުއްވާފައިވާ ޓައިމްލައިނާ އެއްގޮތަށް، ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުން.