ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް
ޖަލްސާ ބޭއްވުނު ތާރީޚު
31 ޑިސެމްބަރު 2023
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމަށްޓަކައި ކުރައްވަންޖެހޭ ކަންކަން ތިރީގައިވާގޮތަށް ކުރިއަށް ގެންދެވުން.
ހުޅުމާލޭގައި މުނިސިޕަލް ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް، 1 ޖަނަވަރީ 2024 އިން ފެށިގެން މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުން.
މިބަދަލު ގެނައުމުގެ ގޮތުން ކުރައްވަންޖެހޭ ހުރިހާ އިދާރީ މަސައްކަތްތައް، 31 ޑިސެންބަރު 2023 އިން ފެށިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އަދި މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދެވުމަށްފަހު، ގިނަވެގެން 1 މަސްދުވަހުގެ (1 ފެބުރުވަރީ 2024) ތެރޭގައި އިދާރީގޮތުން ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރައްވާ ނިންމުން.
ހުޅުމާލޭގައި އެ.ޗް.ޑީ.ސީ އިން ދެމުންދާ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުވުމާ ގުޅިގެން، މިހާރު އެޗް.ޑީ.ސީގައި މުނިސިޕަލް ޚިދުމަތްދޭ ހުރިހާ މުވައްޒަފުންނަށް ސިޓީ ކައުންސިލަށް ބަދަލުވުމުގެ ފުރުޞަތު ދިނުން. އަދި، ބަދަލުވާ މުވައްޒަފުންނަށް މިހާރުވެސް އެ.ޗް.ޑީ.ސީ އިން ދެމުންދާ މުސާރަ 1 (އެކެއް) އަހަރުގެ މުއްދަތަށް އެޗް.ޑީ.ސީ އިން އެ މުވައްޒަފުންނަށް ދިނުން.
މުނިސިޕަލް ހުރިހާ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުވުމާގުޅިގެން، ސިޓީ ކައުންސިލަށް ބަދަލުވުމަށް ދެވޭ ފުރުޞަތުގައި، ބަދަލުވާން ބޭނުންނުވާ މުވައްޒަފުންނަށް އެ.ޗް.ޑީ.ސީ ގެ ރިޑަންޑަންސީ ޕޮލިސީއާ އެއްގޮތަށް 3 (ތިން) މަހުގެ މުސާރަ ދިނުމަށްފަހު މުވައްޒަފުން ދޫކޮށްލުން.
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އޮފީސް ޖާގައާއި މުވައްޒަފުންގެ އެކޮމޮޑޭޝަނާގުޅޭ ކަންކަން އެޗް.ޑީ.ސީ އިން މާލެ ސިޓީ ކައުންސިލަށް ހަމަޖައްސައިދިނުން.