މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން އުފެއްދުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ޖަލްސާ ބޭއްވުނު ތާރީޚު

31 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

އިކޮނޮމިކް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި، ޓްރޭޑް ހަރަކާތްތައް ފުޅާކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަށް ރާއްޖެއާއި ރާއްޖޭން ބޭރަށް އަމާޒުކޮށްގެން އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް އަދި ޕްރޮސެސިންގ މަސައްކަތްތައް ހިންގުމުގެ މަޤްޞަދުގައި، "މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން" ގެ ނަމުގައި ކުންފުންޏެއް އުފެއްދެވުން. އަދި މި ކުންފުނީގެ ކަންކަން ތިރީގައިވާގޮތަށް ކުރިއަށް ގެންދެވުން.

މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ތިރީގައިވާ 5 ކުންފުނި ހިމޭގޮތަށް މި ކުންފުނި އުފެއްދުމަށް ކުރައްވަންޖެހޭ ކަންކަން ކުރިއަށް ގެންދިއުން.
1. މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)
2. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)
3. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ)
4. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ)
5. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ)

މި ކުންފުނި ރަޖިސްޓަރީކުރުމަށްފަހު، ފްރީ ޓްރޭޑް ޒޯންތައް ގާއިމުކުރުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓްސްއަށް ހުށަހެޅުން.

މި ފްރީ ޓްރޭޑް ޒޯންތައް ގާއިމުކުރާއިރު، އެއަރޕޯޓް އަދި ޕޯޓް ހިމެނޭ ސަރަހައްދަކުން މި ޒޯން ކަނޑައެޅުން.

މި ކުންފުނީގެ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ބިން ހަމަޖެއްސެވުމަށްޓަކައި، ތިލަފުށްޓާއި ގިރާވަރުފަޅު ބެލުމަށްފަހު، އެންމެ އެކަށީގެންވާ ތަނަކުން މަދުވެގެން 100 ހެކްޓަރުގެ ބިން ކަނޑައެޅުން.

ދިވެހިރާއްޖެއަށް ބޭނުންވާވަރަށް ކާބޯތަކެތި އުފެއްދުމަށް އުތުރުތިލަފަޅުން ބިން ކަނޑައަޅައި އެކަމަށް އިންވެސްޓްމަންޓް ހޯދައި، އެ އިންވެސްޓްމަންޓްގެ މޭޖަރ ޝެއަރހޯލްޑަރުގެ ގޮތުގައި މި އުފައްދާ ކުންފުނި ހަމަޖެއްސުން.

ކުންފުނި އުފެއްދުމަށްފަހު، ބޭނުންވާނަމަ ސްޓްރެޓީޖިކް ޕާޓްނަރުންގެ ގޮތުގައި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ނުވަތަ އެނޫން މޮޑެލްއަކުން އިތުރު އިންވެސްޓަރުންނަށް ފުރުޞަތު ހުޅުވާލުން. އަދި ފަހުގެ މަރުޙަލާއެއްގައި ޕަބްލިކް އޮފަރިންގއަކަށް ދިއުން.