ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ގާއިމުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މަސްތުވާތަކެއްޗާބެހޭ ޤާނޫނު (2011/17) ގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތްތައް މެދުވެރިކޮށް ގާއިމުކޮށް ހިންގުމުގެ ހުއްދައާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ޖަލްސާ ބޭއްވުނު ތާރީޚު
31 ޑިސެމްބަރު 2023
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގެވުމަށްޓަކައި ތިރީގައިމިވާ ކަންކަން ކުރިއަށް ގެންދެވުން.
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި، ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށްޓުން.
މިގޮތުން މި ޕްރޮގްރާމް ފުރަތަމަ ހިންގާ 3 ސަރަހައްދުގެ ގޮތުގައި މިލަދުންމަޑުލު ދެކުނުބުރި
(ނ) ވެލިދޫ، މާލެއަތޮޅު (ކ) ކާށިދޫ އަދި ހައްދުންމަތި (ލ) އަތޮޅުކަމުގައި ހަމަޖެއްސެވުން. މިގޮތުން ލ.އަތޮޅުގައި މި ޕްރޮގްރާމް ހިންގާނެ ރަށެއް ލ.އަތޮޅު ކައުންސިލާ މަޝްވަރާކުރައްވައިގެން ކަނޑައެޅުން.