ވަޤްފް އިމާރާތެއް އެޅުމަށްޓަކައި ބިހުރޯޒް ކަމަނާ މިސްކިތާ އިންވެގެން އޮތް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ގުދަން އިމާރާތް މިހާރު ހުރި ބިން، އެ މިނިސްޓްރީއަށް ރަޖިސްޓްރީ ކޮށްދިނުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް
ޖަލްސާ ބޭއްވުނު ތާރީޚު
31 ޑިސެމްބަރު 2023
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
ދިވެހިރާއްޖޭގައި ހުރި ވަޤްފުތައް އިތުރުކޮށް ލިބޭ އާމްދަނީން ދީނީކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން، މާލޭގައި އިތުރު ވަޤްފް އިމާރާތެއް އެޅުމަށްޓަކައި ބިހުރޯޒްކަމަނާ މިސްކިތާ އިންވެގެންއޮތް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ގުދަން އިމާރާތް މިހާރު ހުރި ބިމުގެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން އެމިނިސްޓްރީއަށް ބަދަލުކޮށްދެއްވުމަށް ހުށަހަޅުއްވާފައިވާތީ، މިކަމުގައި ތިރީގައިވާގޮތަށް ޢަމަލުކުރެއްވުން.
ބިހުރޯޒުކަމަނާ މިސްކިތަކީ، ތާރީޚީ ބިނާއަކަށްވާއިރު، ތާރީޚާއި، ސަޤާފަތް ދިރުވައި އާލާކުރުމަކީ
މި ސަރުކާރުގެ ވަރަށް މުހިންމު އަމާޒަކަށްވާތީ، މާލޭގައި އިތުރު ވަޤްފް އިމާރާތެއް އެޅުމަށްޓަކައި
މި މިސްކިތާ އިންވެގެން އޮތް ބިމުގައި މި އިމާރާތް އެޅުމުގެ ބަދަލުގައި، ވަޤްފް އިމާރާތެއް އެޅުމަށްޓަކައި، މާލެއިން 2,000 އަކަފޫޓަށްވުރެ ކުޑަނުވާނެ، މިކަމަށް އެކަށީގެންވާ ބިމެއް ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ހަވާލުކުރުން. އަދި މި ބިން ވީހާވެސް އަވަހަށް އެ މިނިސްޓްރީއަށް ރަޖިސްޓްރީކޮށްދިނުން.