އެއަރ އެންބިއުލަންސް ހޯދުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
ރައީސުލްޖުމްހޫރިއްޔާ
ޖަލްސާ ބޭއްވުނު ތާރީޚު
07 ޖަނަވަރީ 2024
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
2023 ޑިސެންބަރު 24 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާގޮތުގެ މަތިން، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް)ގެ ކޮމާރޝަލް ފުލީޓްގެ ތެރެއިން، މިމަޝްރޫޢަށް ބޭނުންވާ DHC-6-300 މަރުކާގެ 2 އެއަރކުރާފްޓް (ފުރޮޅުލީ) ނެގުމަށްފަހު، އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަމަށް އިތުރަށް ކުރަންޖެހޭ ކަންކަން، ކުރިއަށްއޮތް 2 މަސްދުވަހުގެ ތެރޭގައި ކުރުމަށްފަހު، 2024 ވަނަ އަހަރުގެ މާރިޗުމަހުގެ 1 ވަނަ ދުވަހު މިޚިދުމަތް ފެށުމަށް ނިންމަވާފައިވީނަމަވެސް، މި 2 އެއަރކްރާފްޓް މި މުއްދަތުގެ ތެރޭގައި ރީކޮންފިގަރ ކުރުމަށްފަހު ޙިދުމަތަށް ނެރުމުގައި ގޮންޖެހުންތައް ހުރުމުން، އައި.އޭ.އެސް.އެލް DHC-6-300 ގެ ދެ އެއަރކްރާފްޓްގެ ބަދަލުގައި، DHC-8-200 މަރުކާގެ އެއް މަތިންދާ ބޯޓު ބޭނުންކޮށްގެން މި ޚިދުމަތް 2024 ވަނަ އަހަރުގެ މާރިޗުމަހުގެ 1 ވަނަ ދުވަހު ފެށްޓެވުން.
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.