ރާއްޖޭގައި ޙަރަކާތްތެރިވާ މީޑީއާތަކަށް ޚާއްޞަކޮށްގެން މީޑިއާ ވިލެޖެއް ހެދުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

ޖަލްސާ ބޭއްވުނު ތާރީޚު

07 ޖަނަވަރީ 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ރާއްޖޭގައި ޙަރަކާތްތެރިވާ މީޑީއާތަކަށް ޚާއްޞަކޮށްގެން ""މީޑިއާ ވިލެޖް""ގެ ނަމުގައި ހުޅުމާލޭގައި އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތް ފެށްޓެވުން.

- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން، މީޑިއާ ވިލެޖްގެ އިމާރާތް އެޅުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ނުވަތަ ސަރުކާރުގެ އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އެކަން ކުރެވޭނެގޮތްތަކެއް ބެއްލެވުން. މިގޮތަށް މިކަން ކުރިއަށް ނުގެންދެވޭނަމަ، ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްގެ ދަށުން މި ވިލެޖް އެޅުމަށް ބޭނުންވާ އިމާރާތް ހެދުމުގެ މަސައްކަތް ކުރެވޭނެގޮތެއް ހޯއްދެވުން.