ނަފްސާނީ އިޖުތިމާއީ އެހީތެރިކަމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްޞަ ޤައުމީ ހެލްޕްލައިނެއް ގާއިމުކުރުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް ހެލްތް
ޖަލްސާ ބޭއްވުނު ތާރީޚު
07 ޖަނަވަރީ 2024
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
ނަފްސާނީ އިޖުތިމާއީ އެހީތެރިކަމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްޞަ ޤައުމީ ހެލްޕްލައިނެއް ގާއިމުކުރުމަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމުގައި، މި ހެލްޕްލައިންއަކީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ގާއިމުކޮށްފައިވާ ފެންވަރުގެ، ހުރިހާ ސަލަމަތީ ޚިދްމަތެއް އެއް ނަންބަރަކުން ލިބިދޭ ޚިދްމަތެއްކަމުގައި ހަމަޖައްސަވައި، ރައްޔިތުންނަށް ދިމާވާ ހުރިހާ އިމަރޖެންސީ ޙާލަތެއްގައި ގުޅޭނެ ހެލްޕްލައިނެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ފެނިވަޑައިގަންނަވާތީ، މިކަމާ ގުޅޭގޮތުން ސޯޝަލް ކައުންސިލުގައި މަޝްވަރާކުރެއްވުމަށްފަހު، މިކަން ކުރެއްވޭނެގޮތެއް ކަނޑައެޅުއްވުމަށްފަހު، އަލުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުން.
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.