ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވަޒީފާއަދާކުރާ ދިވެހި މުވައްޒަފުންނަށް ޚާއްޞަ 'ސޯޝަލް ހައުސިން ކެޓަގަރީ'އެއް ކަނޑައެޅުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް

ޖަލްސާ ބޭއްވުނު ތާރީޚު

07 ޖަނަވަރީ 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވަޒީފާއަދާކުރާ ދިވެހި މުވައްޒަފުންނަށް ޚާއްޞަކޮށްގެން ""ސޯޝަލް ހައުސިންގ ކެޓަގަރީ"" އެއް ކަނޑައެޅުން.

o މި ކެޓަގަރީގެ ދަށުން، އެފަދަ މުވައްޒަފުންނަށް ހައުސިންގ ފުރުޞަތު ހަމަޖައްސައިދިނުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގެ ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވަޒީފާއަދާކުރާ ދިވެހި މުވައްޒަފުންނަށް ޚާއްޞަކޮށްގެން، އެ ސަރަހައްދެއްގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވަޒީފާއަދާކުރާ ދިވެހި މުވައްޒަފުންނަށް ހައުސިންގގެ ފުރުޞަތު ލިބޭނެގޮތް ހަމަޖެއްސެވުން. އަދި މިގޮތަށް އެފަރާތްތަކަށް ހައުސިންގ ދެއްވާނީ އެފަރާތްތަކަށް އެތަން މިލްކުވާގޮތަށްކަމަށް ހަމަޖެއްސެވުން.





o ހަފްތާ 14 ގެ މަގުޗާޓުގައި ހިމެނިފައިވާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރެގިއުލޭޓްކުރުމަށް، ގެދޮރުވެރިކަމުގެ މިންގަނޑުތައް އެކުލެވޭ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ހިމެނިފައިވާއިރު، މިކަމަކީ އެ ބިލުގެ ތެރޭގައި ހިމެނޭނެކަމަކަށްވާތީ، މި ބިލަށް ބޭނުންވާނެ މަޢުލޫމާތު ހޯދުމަށާއި، ""ސޯޝަލް ހައުސިންގ ކެޓަގަރީ"" އެއް ކަނޑައެޅުމަށް އެކުލަވައިލައްވަންޖެހޭ އުސޫލުތައް އެކުލަވައިލެއްވުމުގެ ކަންކަން މިނިސްޓްރީ އޮފް ޓޫރިޒަމާއި، ކަމާގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ކުރިއަށް ގެންދިއުން.
o މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ކައުންސިލް ހައުސިންގ މަޝްރޫޢުތައް ކުރިއަށް ގެންދާނަމަ، އެ މަޝްރޫޢުތަކުގެ ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވަޒީފާއަދާކުރާ ދިވެހި މުވައްޒަފުންނަށް ޚާއްޞަކޮށްގެން، އެ ސަރަހައްދެއްގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވަޒީފާއަދާކުރާ ދިވެހި މުވައްޒަފުންނަށް ހައުސިންގ ފުރުޞަތު ލިބޭނެގޮތް ހަމަޖެއްސެވުން.