ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ޓްރަސްޓް ފަންޑް ގާއިމުކުރުމާއި، ކުޑަ އިންޓަރެސްޓްގައި ލުއިލޯން ސްކީމެއް ފެށުމާ ބެހޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް

ޖަލްސާ ބޭއްވުނު ތާރީޚު

07 ޖަނަވަރީ 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ޓްރަސްޓް ފަންޑް ގާއިމުކުރުމާއި، ކުޑަ އިންޓަރެސްޓްގައި ލުއިލޯން ސްކީމެއް ފެށުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަކީ، އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި އިތުރަށް މަޝްވަރާކުރައްވައި، ގޮތްތަކެއް ކަނޑައަޅަންޖެހޭ ކަމަކަށްވާތީ ތިރީގައިވާ ކަންކަމަށް ރިޢާޔަތްކުރައްވައި އިކޮނޮމިކް ކައުންސިލުގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި ވަޒީރުންގެ މަޖިލީހަށް ގޮތްތަކެއް ހުށަހެޅުއްވުން.



o ބޯހިޔާވަހިކަމަށް އަމާޒުކުރައްވައިގެން މި ސަރުކާރުން ތަޢާރުފުކުރުމަށް ކަނޑައަޅާފައިވާ ލޯން ސްކީމްތަކާއި، ހަފްތާ 14 ގެ މަގުޗާޓުގައި ބޯހިޔާވަހިކަމާ ގުޅޭގޮތުން ބަޔާންކުރައްވާފައިވާ ކަންތައްތަކާއި، ގެދޮރުވެރިކަމާ ގުޅޭގޮތުން ހުރި ޤާނޫނުތައް ޝާމިލުވާގޮތަށް، ސަރުކާރުން މިހާރު އުފެއްދުމަށް ނިންމަވާފައިވާ ޑިވެލޮޕްމަންޓް ބޭންކްފަދަ ތަންތަން މެދުވެރިވެގެން އަދި ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން ސޯޝަލް ހައުސިންގ ލޯންތަކެއް ދޫކުރެވޭނެފަދަ ގޮތްތަކެއް ހޯދުމަށް މަގުފަހިކުރެވޭނެގޮތެއް ދެނެގަނެ އެ ކަންކަމުގެ ތެރެއިން ބޯހިޔާވަހިކަމަށް ސަރުކާރުން ތަޢާރުފުކުރުމަށް ކަނޑައަޅާފައިވާ ލޯން ސްކީމްތަކެއް ތަޢާރުފުކުރެވޭނެގޮތްތަކެއް ކަނޑައެޅުއްވުން.