ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކްއެއް ގާއިމުކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ޖަލްސާ ބޭއްވުނު ތާރީޚު

07 ޖަނަވަރީ 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކްއެއް ގާއިމުކުރުމުގެ ކަންކަން ތިރީގައިވާގޮތަށް ކުރިއަށް ގެންދެވުން.

o ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" ގެ ނަމުގައި އޮތޯރިޓީއެއް އުފެއްދެވުން.

o އޮން-ޝޯ ބޭންކިންގ އޮޕަރޭޝަން ލައިސަންސް ދިނުމަށްޓަކައި، އެކަމާ ގުޅޭ ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

o އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭ ޤާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި، އެކަމާ ގުޅޭ ބިލެއް ޑްރާފްޓްކޮށް، އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ފާސްކުރެއްވުމުގެ މަސައްކަތްކުރުން.