މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރހަމައަށް ސެޓިފައި ކުރުމުގެ ޕްރޮގްރާމް ހިންގުމާ ގުޅޭ.

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ޖަލްސާ ބޭއްވުނު ތާރީޚު

24 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

މަސްވެރިންނަށް އަމާޒުކޮށް ރެސްކިއު ޑައިވަރ ސެޓްފިކެޓް ފެންވަރަށް ޑައިވިންގ ޕްރޮގްރާމް ރާވައި، ކުރިއަށް ގެންދިއުމަށް އެދޭ ޑައިވް ސެންޓަރުތަކަށާއި ޕްރޮފެޝަނަލް އިންސްޓްރަކްޓަރުންނަށް އާންމުކޮށް ހުޅުވާލައިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހަޅުއްވާފައިވާގޮތަށް 5 އަހަރަށް ބަހާލައިގެން މި ޕްރޮގްރާމް ކުރިއަށް ގެންދެވުން. އަދި މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން ހުއްދަދެއްވާ ސެންޓަރުތަކުން ތަމްރީނުކުރާ މަސްވެރިންގެ ކޯސް ފީ ސަރުކާރުން ހަމަޖައްސައިދެއްވުން.