ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް ”ދިވެހީންނަށް ޚާއްޞަ“ މަސައްކަތްތަކެއްގެ ގޮތުގައި އެކަށައެޅުމާ ގުޅޭ.
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ޖަލްސާ ބޭއްވުނު ތާރީޚު
24 ޑިސެމްބަރު 2023
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް ”ދިވެހީންނަށް ޚާއްޞަ“ މަސައްކަތްތަކެއްގެ ގޮތުގައި އެކަށައެޅުމުގެ ސިޔާސަތުގެ ދަށުން، ތިރީގައިވާ ކަންކަން ކުރެއްވުން.
o މި ސިޔާސަތު ތަންފީޒުކުރުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަކުން މަސައްކަތް ކުރުމަށާއި،
100% ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހުރިހާ މުވައްޒަފުންނަކީ ދިވެހިން ކަމުގައި ހަމަޖެއްސުމަށް ޓައިމްލައިނެއް ހަދައި، އިކޮނޮމިކް ކައުންސިލްގެ ދިރާސާއާއި މަޝްވަރާއާއެކު އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުން.
o އޮޑިދޯނިފަހަރުބަނުން ނުވަތަ މާވަޑާމުގެ ދާއިރާއިން ސަރުކާރުން އިޢުލާނުކުރާ ހުރިހާ މަޝްރޫޢުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްކަންދޭންވާނީ ދިވެހި ކުންފުނިތަކަށް ކަމަށް ކަނޑައެޅުން.
o މި ސިޔާސަތު އެކަށައަޅާދުވަހުން ފެށިގެން، ދިވެހިންނަށް ޚާއްޞަ ދާއިރާތަކުގެ ގޮތުގައި ކަނޑައެޅުއްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުށަހަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ "ބަޓްލަރުން" ފިޔަވައި ތިރީގައި މިދަންނަވާ ދާއިރާތަކަށް (އެ ދާއިރާއަކަށް ކަނޑައަޅާފައިވާ މުއްދަތުގެ ފަހުން) ބިދޭސީ މަސައްކަތްތެރީންނަށް، ވާކްވިސާ/ކޯޓާ ދޫނުކުރުމާއި، މިހާރު ދޫކޮށްފައިވާ ކޯޓާތައް ރިނިއު ނުކުރާ ގޮތަށް، ގަވާއިދު ނަންބަރު 2023/R-111 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު) އިޞްލާޙު ކުރެއްވުން.
މުއްދަތު ދާއިރާ
2 އަހަރު ހެއަރ ޑްރެސަރ، ބިއުޓީޝަން، ބޭބީ ސިޓަރ، ޕާސަނަލް ޓްރެއިނަރ، އިލެކްޓްރީޝަން، ގެސްޓް ރިލޭޝަން އޮފިސަރ (އިންގްލިޝް)، ޓުއަރ ގައިޑް
3 އަހަރު ޑައިވަރ، ފޮޓޯގްރަފަރ
4 އަހަރު އިލެކްޓްރިކަލް އިންޖިނިއަރ، ޑައިވް އިންސްޓްރަކްޓަރ
5 އަހަރު ހައުސް ކީޕިންގް މެނޭޖަރ، ހިއުމަން ރިސޯސް މެނޭޖަރ، ފްރަންޓް އޮފީސް މެނޭޖަރ
o އަދި މި ލިސްޓަށް ތިރީގައި މިވާ ދާއިރާތައް އިތުރުކުރެއްވުން.
މުއްދަތު ދާއިރާ
2 އަހަރު އެކައުންޓަންޓް، ޢިމާމު
3 އަހަރު ނަރުހުން، ބިލްޑިންގ އިންސްޕެކްޓަރ، ސަރވޭޔަރ، ސައިޓް ސުޕަވައިޒަރ، ޕައިލެޓް
5 އަހަރު ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރ

o މީގެ އިތުރުން މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ތިރީގައިވާ ކަންކަން ފުރިހަމަކުރުން.
• ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) ގެ ދަށުން
މި އޮޑިދޯނިފަހަރު ބަނުން ނުވަތަ މާވަޑާމުގެ މަސައްކަތުގައި ބޭނުންކުރާ ރޯމެޓީރިއަލްސްއަށް ނަގަމުންދާ އިމްޕޯޓް ޑިއުޓީ މުރާޖަޢާކުރުން.
• މި ދާއިރާތަކުގެ ޕްރޮޖެކްޓްތައް އެވޯޑް ކުރުމުގައި، ދިވެހިންނަށް ނުވަތަ ނިސްބަތުން ދިވެހިން ގިނަ ކުންފުނިތަކަށް އިސްކަންދޭގޮތަށް މާލިއްޔަތު ގަވާއިދުގެ ދަށުން ޕޮއިންޓް ދޭނެ ނިޒާމެއް ގާއިމުކުރުން.
• ރިޒޯޓުތަކުގެ މުވައްޒަފުންގެ ރެކޯޑްތައް ބެލެހެއްޓޭނެ ނިޒާމެއް/ޕްލެޓްފޯމެއް ގާއިމުކޮށް،
އެ ނިޒާމް/ޕްލެޓްފޯމް އަދާހަމަކޮށް ބެލެހެއްޓުމަށް ރިޒޯޓުތަކަށް ލާޒިމްކުރުމަށް ގަވާއިދެއް އެކުލަވައިލައި ގެޒެޓްކުރުން. އަދި މި ނިޒާމް/ޕްލެޓްފޯމް ދިވެހިރާއްޖޭގެ ޖޮބް ސެންޓަރާއި ގުޅުވައި، ޖޮބް ސެންޓަރުގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާ ހޯދާ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ލޯކަލައިޒޭޝަން ގަވާއިދެއް މިނިސްޓްރީ އޮފް ޓޫރިޒަމުން އެކުލަވައިލައި ގެޒެޓްކުރުން.
• މި ޞިނާޢަތްތަކުގެ އެކި ދާއިރާތަކަށް ސްކޮލަރޝިޕް ފުރުޞަތު ދޭއިރު، އެ ދަރިވަރުން ސްޕޮންސަރކުރައްވާ އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތްކުރުމަށް ބޮންޑުކުރެވޭ އުސޫލު ނުވަތަ ގަވާއިދު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން ގެޒެޓްކުރުން.
• މި ދާއިރާތަކުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރި ފުރުޞަތުތަކާއި، ދެވޭނެ އިނާޔަތްތަކުގެ ތަފުސީލީ އުސޫލެއް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން އެކަށައަޅައި އިޢުލާނުކުރުން.