އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ގާއިމުކުރުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
ޖަލްސާ ބޭއްވުނު ތާރީޚު
24 ޑިސެމްބަރު 2023
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
'- އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ގާއިމުކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން، މާލޭ ސިޓީގައި ހުރި އިމާރާތުގެ (ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު ކުރިން ހިންގަމުން އައި އިމާރާތް) އާބާތުރަ ފިލުވައި ތަރައްޤީކޮށް، އެތަނަކީ އެންމެ ފުރަތަމަ އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުގެ ގޮތުގައި ކަނޑައަޅުއްވައި، އެއާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށްރަށުގައިވެސް އިސްރަށްވެހިންގެ އިޖުތިމާޢީ ހަރަކާތްތައް ކަނޑައަޅުއްވާފައިވާގޮތަށް ފެށްޓެވުން. އަދި މި މަރުކަޒުތަކުގައި ކުރިއަށް ގެންދެވުމަށް ބޭނުންވާ އިތުރު ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ކަމާބެހޭ މިނިސްޓްރީތަކާއެކު ސްޓްރީމްލައިންކޮށް އެންމެރަނގަޅު ގޮތެއް ހޯއްދަވައިގެން ކުރިއަށްގެންދެވުން.
- އިސްރަށްވެހިންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ދޮށީ ޢުމުރަކަށް ތައްޔާރުވުމަށްޓަކައި އިސްރަށްވެހިންނަށް ބޭނުންވާ ކަންކަން ހިމަނައިގެން ޚާއްޞަ ޕްރޮގްރާމްތަކެއް ފެށްޓެވުން.
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.