މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ނިންމަވާފައިވާތީ، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ކަނޑައެޅުމާ ގުޅޭ.

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

ޖަލްސާ ބޭއްވުނު ތާރީޚު

24 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

- މިނިވަންކަމާއެކު މީޑިއާތަކުން ރައްޔިތުންނާ ހަމައަށް ތެދު މަޢުލޫމާތު ގެނެސްދިނުމަކީ މުހިންމު ކަމަކަށްވީނަމަވެސް، 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރެއްވިއިރު މީޑިއާތަކަށް ދޫކުރުމަށް ފައިސާ ހިމަނުއްވާފައިނުވާތީ އެކަން ކުރެވޭނެ އިތުރު ގޮތްތަކެއް ބެއްލެވުން.

- ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކަށް ޚާއްޞަކޮށްގެން މީޑިއާ ވިލެޖެއް ހެދުމަށްޓަކައި ކަމާބެހޭ މިނިސްޓްރީތަކާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ މަޝްވަރާކުރައްވައިގެން އެކަމަށް އެކަށީގެންވާ ބިމެއް ހުޅުމާލެއިން ކަނޑައެޅުއްވުން. އަދި އެ ބިން ބޭނުންކުރާނެ ގޮތުގެ އުސޫލެއް އެކުލަވައިލެއްވުމަށްފަހު، މީޑިއާތަކަށް ވިޔަފާރީގެ އުސޫލުން ފައިސާ ހޯދިދާނެގޮތްތަކެއް ބައްލަވައި، އެ ކަމާ ގުޅޭ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުން.