ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (ބީ.އެމް.އެލް) ގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު ބޮޑުކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ފިނޭންސް

ޖަލްސާ ބޭއްވުނު ތާރީޚު

24 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (ބީ.އެމް.އެލް) ގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު ބޮޑުކުރުމުގެ ކަންތައްތައް ތިރީގައިވާގޮތަށް ކުރިއަށް ގެންދެވުން.

o ދިވެހި ރައްޔިތުންނަށް ބޭރު ފައިސާ ލިބުމުގެ ދަތިކަން ޙައްލުކުރުމުގެ ފުރަތަމަ މަރުޙަލާގެ ގޮތުގައި ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ބީ.އެމް.އެލް.ގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓް މަތިކުރުމަށް އެ ބޭންކަށް ބޭނުންވާ މާލީ އެހީތެރިކަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.)ގެ އިންޓަރވެންޝަން ސިޔާސަތު ގެ ތެރެއިން ފޯރުކޮށްދިނުމަށް ކުރައްވަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ކުރެއްވުން.

o ދިވެހިރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު، 2024 ވަނަ އަހަރުގެ ފެބުރުވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން، 750 އެމެރިކާ ޑޮލަރުން 1,200 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ކުރައްވަންޖެހޭ ކަންކަން ކުރުން.

o ރާއްޖެއިން ބޭރުގައި އަމިއްލަގޮތުން ކިޔަވަން ތިބިކުދިން ދެނެގަނެ، އެކަން ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން.