ޙައްޖަށް ދިއުމަށް ގިނަ އަދަދެއްގެ ބަޔަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގައި ރަޖިސްޓްރީވެފައި ތިބި ތިބުމަށް ރިޢާޔަތްކޮށް، ޙައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް ހަމަޖެއްސެވުން.

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

ޖަލްސާ ބޭއްވުނު ތާރީޚު

17 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

- ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށްޓަކައި
'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރުފުކުރުމުގެ ކަންކަން، ތިރީގައިވާ ގޮތަށް ހަމަޖެއްސެވުން.
• މި މަޝްރޫޢު ފެށުމަށްޓަކައި އިންވެސްޓްކުރަންޖެހޭ ފައިސާގެ އަދަދު، މިނިސްޓްރީ އޮފް ފިނޭންސަށް ލިބިފައިވާ ފައިނޭންސިންގ ފެސިލިޓީތަކުގެ ތެރެއިން، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
• މި މަޝްރޫޢަށް ބޭނުންވާ 'ވައިޑް-ބޮޑީ އެއަރކްރާފްޓް' ގެ ގޮތުގައި ދެ އެއަރކްރާފްޓް، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ގެނައުން.
• މި މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގެ ގޮތުން، އޮޕަރޭޝަނަލް ޚަރަދުތައް ކުޑަކުރުމަށްޓަކައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ތިރީގައިވާ ކަންކަން ހަމަޖެއްސުން.

o އެންމެ ކުޑަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމާއި، ހޭންޑްލިންގ، ނެވިގޭޝަން، ލޭންޑިންގ އަދި ޕާކިންގެ އަގު ހެޔޮކޮށްދިނުމާ ގުޅޭ ކަންކަން މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑާ މަޝްވަރާކުރައްވައިގެން ހަމަޖެއްސުން.

o މަންޒިލްތަކަށް އުދުހުމަށް ބޭނުންވާނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ ޤައުމުތަކުން ބޭނުންވާ އެހީތެރިކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ މަޝްވަރާކުރައްވައިގެން ހޯދުން.
• މި މަޝްރޫޢުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ހަމަޖެއްސެވުން.