ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތެއް އެކުލަވައިލައި ތަންފީޒުކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ޖަލްސާ ބޭއްވުނު ތާރީޚު

17 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުލަވައިލައްވާފައިވާ ސިޔާސަތު ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ޓައިމްލައިނާ އެއްގޮތަށް އެ ސިޔާސަތު ތަންފީޒުކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދެވުން.
- މިއީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަމަކަށްވުމާއެކު ކަމާގުޅޭ އެހެން މިނިސްޓްރީތަކާ މަޝްވަރާކުރައްވައިގެން މި ސިޔާސަތަށް އިތުރުކުރައްވަންޖެހޭ ބައިތައް އިތުރުކުރެއްވުން. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވާނެ ގޮތަށް ޕްލޭނިންގ އަދި ކޮންސްޓްރަކްޝަނާ ގުޅޭ ގަވާއިދުތަކަށް ގެންނަވަންޖެހޭ ބަދަލުތައް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ގެންނެވުން. އަދި
އެ ގަވާއިދުތަކާ އެއްގޮތަށް މިހާރު ހުރި އިމާރާތްތަކަށް ގެނެވޭނެ ބަދަލުތައް ބައްލަވައި ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމާއެކު ކުރިއަށް އޮތްތަނުގައި އިމާރާތްކުރާ ތަންތަން އެ ގަވާއިދުތަކާ އެއްގޮތަށް އިމާރާތްކުރެއްވުން.