ދިވެހިރާއްޖޭގެ ސްކޫލްތައް ޤައުމީ ސަލާމުން ފެށުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް އެޑިޔުކޭޝަން
ޖަލްސާ ބޭއްވުނު ތާރީޚު
05 ޑިސެމްބަރު 2023
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
ޤައުމިއްޔަތަށް ދަރިވަރުން އަހައްމިޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ސްކޫލްތަކުގައި ޤައުމީ ފެންވަރުގައި ހިންގާނެ ޚާއްޞަ ޕްރޮގްރާމެއްގެ ގޮތުން، 2024 ވަނަ އަހަރުގެ ޖަނަވަރީމަހު ސްކޫލުތައް ހުޅުވޭ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓަރީކޮށްގެން ހިންގާ ހުރިހާ ސަރުކާރުގެ ސްކޫލްތަކާއި އަމިއްލަ އަދި އިންޓަރނޭޝަނަލް ސްކޫލްތަކުގެ ކިޔެވުމުގެ ދަންފަޅި ކޮންމެ ދުވަހަކުވެސް ޤައުމީ ސަލާމުން ފަށާގޮތަށް ހަމަޖެއްސެވުން. އަދި ޤައުމީ ސަލާމް ކިޔާއިރު ހިތާ ދިމާލުން މޭމަތީގައި ކަނާތް ބޭއްވުން.
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.