ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި އިންސްޓޯލްމަންޓް ކުޑަކުރުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ޖަލްސާ ބޭއްވުނު ތާރީޚު
05 ޑިސެމްބަރު 2023
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 'ވިނަރެސް' މަޝްރޫޢުއިން ފްލެޓް ބައްލަވައިގެންފައިވާ ފަރާތްތަކަށް މި މަޝްރޫޢުގެ ދަށުން ދެވިފައިވާ އެންމެހާ ލުއިތައް ސާފުވާނެ ގޮތަށް، އިޢުލާނުކޮށް އެންގުމާއި އަދި އެ ފަރާތްތައް މިކަމަށް އަހުލުވެރިކުރެއްވުން.
• މީގެ އިތުރުން 'ލީސް ޓު އޯން' މޮޑެލްގެ ދަށުން މަހުންމަހަށް ދައްކަންޖެހޭ އިންޓްރެސްޓް ރޭޓް
9% އިން %6 އަށް ބަދަލުކޮށް، ފްލެޓްތަކުގެ ޑައުންޕޭމަންޓް ދެއްކުމަށް ދެވިފައިވާ ލުއިތަކަށް ބަލައި، މިހާރު ދައްކަންޖެހޭ ޑައުންޕޭމަންޓުގެ %50 ކުޑަކުރެއްވުން. އަދި ޑައުންޕޭމަންޓް ދެއްކުމަށް މިހާރު ދީފައިވާ މުއްދަތު އިތުރަށް ލުއި ކުރައްވައި، 3 މަހުގެ ބަދަލުގައި 6 މަސް ދުވަސް އެ ފަރާތްތަކަށް ދެއްވާގޮތަށް ހަމަޖެއްސެވުން. މިގޮތަށް ހަމަޖެއްސެވުމުން އެވްރެޖްކޮށް މަހަކު 4,200 (ހަތަރު ހާސް ދުއިސައްތަ) ރުފިޔާ މިހާރު ދައްކާ އަދަދުން ކުޑަވެގެންދިއުން.