އައި.ވީ.އެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ޖަލްސާ ބޭއްވުނު ތާރީޚު

05 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައި.ވީ.އެފް. އަދި އައި.ޔޫ.އައި. ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖެއްސެވުމަށް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާ ގުޅޭގޮތުން ތިރީގައިވާ ކަންކަން ކުރިއަށްގެންދެވުން.
• "އައި.ވީ.އެފް" އަދި "އައި.ޔޫ.އައި" ފަރުވާތައް ސްކީމްއިން ފޯރުކޮށްދިނުމަށް އާސަންދަ ސްކީމްގެ ހިންގުމުގެ ގަވާއިދު އިސްލާހުކުރުން.•
• "އައި.ވީ.އެފް" އަދި "އައި.ޔޫ.އައި" ޕްރޮސީޖަރ ސްކީމް މެދުވެރިކޮށް ދޭން ފެށުމަށް އުސޫލެއް އެކުލަވައިލައި، މި އުސޫލުގެ ދަށުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ ފަރާތްތަކަށް "އައި.ވީ.އެފް" އަދި "އައި.ޔޫ.އައި" ޚިދުމަތް ފޯރުކޮށްދޭން ފެށުން.
• ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުން ސްކީމް މެދުވެރިކޮށް ޚިދުމަތަށް ޚަރަދު ހަމަޖައްސައިދޭން ފެށުން.
• އާސަންދަ ކުންފުނި މެދުވެރިކޮށް ރާއްޖެއިން ބޭރުގައި މި ޚިދުމަތް ފޯރުކޮށްދޭނެ ވަކި އަދަދެއްގެ ހޮސްޕިޓަލްތަކެއް ކަނޑައެޅުން.
• ފަރޓިލިޓީ ކެއަރ އަށް ޚާއްސަ ސެންޓަރެއް ރާއްޖޭގައި ޤާއިމްކުރުން.
• ދަރިމައިވުމާގުޅޭ ފަރުވާގެ ތެރޭގައިހިމެނޭ ބޭސް، ޑައިގްނޯސް ކުރުމަށް ހެދޭ ޓެސްޓުތައް އަދި ސަރޖިކަލް ޕްރޮސީޖަރތައް ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށް، އާސަންދަ ކުންފުންޏަށް އެންގުމަށްފަހު، ޚިދުމަތް ފޯރުކޮށްދޭން ފެށުން.
• ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ ޤައުމީ ޕްރޮގްރާމެއް އިފްތިތާހް ކުރުން.
• ފަރޓިލިޓީ ކެއަރ ފަންޑް އެކުލަވައިލައި ތަޢާރަފުކުރުން. އަދި މި ފަންޑަށް 30 މިލިއަން ރުފިޔާ ޖަމާކޮށްދިނުން.