ބޭރު ޤައުމުތަކުގައި ހޮސްޕިޓަލް ބަދަލުކުރުމަށް ނަގާ ފީ، އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދިނުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ޖަލްސާ ބޭއްވުނު ތާރީޚު

05 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

އާސަންދަ ޚިދުމަތްދޭ ހޮސްޕިޓަލްތަކުގެ ގޮތުގައި ހިމަނާފައިވާ ބޭރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ވަޒަންކުރާނެ ގްރޭޑިންގ ނިޒާމެއް ކަނޑައަޅުއްވައި، ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ސްކީމްއިން ކަނޑައަޅާ ހޮސްޕިޓަލް ބަދަލުކުރަން ބަލިމީހާ ބޭނުންވެއްޖެ ޙާލަތުގައި ބަލިމީހާގެ އަތުން އިތުރު ޚަރަދަކާ ނުލައި، އެއް ގްރޭޑެއްގައި ހިމެނޭ ހޮސްޕިޓަލްތަކުގެ މެދުގައި ފަރުވާ ހޯދާ ހޮސްޕިޓަލް ބަދަލުކުރެވޭގޮތަށް ހަމަޖެއްސެވުން. މިގޮތަށް ހަމަޖައްސަވާއިރު އަގަށް އަންނަ ބަދަލު %10 އަށްވުރެ ކުޑަވާނަމަ އިތުރު ޚަރަދަކާ ނުލައި ބަދަލުކޮށްދެއްވުން.