ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކުލަވައިލައި ތަންފީޒުކުރަން ފެށުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ޖަލްސާ ބޭއްވުނު ތާރީޚު

05 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

އާސަންދަ ސްކީމް މެދުވެރިކޮށް ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން، ތިރީގައިމިވާ ކަންކަމަށް ރިޢާޔަތްކޮށް، ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ހުޅުވާލެއްވުން.
• އެކިއެކި ޢުމުރުފުރާތަކަށް ޚާއްޞަކޮށް ޕެކޭޖް ކަނޑައެޅުން.
• އަހަރަކު 2 ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނީ އެކަމަށް ޑޮކްޓަރު ލަފާދެއްވާ ފަރާތްތަކަށް ކަމުގައި ކަނޑައެޅުން.
• ސަރުކާރު ހޮސްޕިޓަލްތައް / ޞިއްޙީ މަރުކަޒުތައް މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެދޭގޮތަށް ކަނޑައެޅުން.