ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 1,000 ފަޤީރުން ދައުލަތުގެ މާލީ އެހީތެރިކަމުގައި ޙައްޖަށް ފޮނުވުމާ ބެހޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް

ޖަލްސާ ބޭއްވުނު ތާރީޚު

05 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 1,000 ފަޤީރުން ދައުލަތުގެ މާލީ އެހީތެރިކަމުގައި ޙައްޖަށް ފޮނުވުމާ ގުޅޭ ކަންކަން، ތިރީގައިމިވާ ގޮތަށް ހަމަޖެއްސެވުން.
• ދައުލަތުގެ މާލީ އެހީތެރިކަމާއެކު ޙައްޖަށް ގެންދާނެ ފަރާތްތައް، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު"ގެ ތެރެއިން ކަނޑައެޅުން.
• މި ސިޔާސަތުގެ ދަށުން ޙައްޖުގެ އަޅުކަން އަދާކުރެވޭ ފަދަ ޞިއްޙީ ޙާލަތެއްގައި ތިބި، ޢުމުރުން 70 އަހަރުން ދަށުގެ (ފުރަތަމަ 3 އަހަރު 50 އަހަރާއި 69 އަހަރާއި ދެމެދުގެ މީހުންނަށް އަދި ފަހު 2 އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ) މީހުންނަށް ފުރުސަތު ދެއްވާގޮތަށް ހަމަޖެއްސުން.
• މި ސިޔާސަތުގެ ދަށުން ޙައްޖަށް ގެންދާ މީހުންނަށް ދެވޭ ޙައްޖު ޕެކޭޖުގެ ތެރެއިން، އެތެރޭގެ ދަތުރުފަތުރާއި، މާލޭގައި މަޑުކުރަންޖެހޭ ދުވަސްތަކުގެ ހުރުމާއި ކެއުން ހަމަޖެއްސުން.
• "މި ސިޔާސަތުގެ ދަށުން ޙައްޖަށް ގެންދާ ފުރަތަމަ 50 ފަރާތް، މި އަހަރު (1445 ވަނަ އަހަރު) ޙައްޖަށް ގެންދިޔުމަށްޓަކައި ހިނގާނެ ޚަރަދު ޒަކާތު ފަންޑުން ހަމަޖެއްސެވުން. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތުގެ ބަޖެޓާއި، އެކި ފަރާތްތަކުގެ ސްޕޮންސަރޝިޕްގެ ދަށުން
މި ޚަރަދު ހަމަޖެއްސުން. "
• މި ސިޔާސަތުގެ ދަށުން މީގެ ފަހުން ޙައްޖަށް ގެންދާނެ މީހުންގެ ޢަދަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައެޅުއްވުން. އަދި މިކަމާ ގުޅޭ އުސޫލު އާންމުކޮށް އިޢުލާން ކުރުން.