ރަށްރަށުގައި ތަރައްޤީކުރެވިފައިވާ އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަކޮށްދިނުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް

ޖަލްސާ ބޭއްވުނު ތާރީޚު

05 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ރަށްރަށުގައި ތަރައްޤީކޮށްފައިވާ އަސާސީ ބޯހިޔާވަހިކަމަށް (ސޯޝަލް ހައުސިންގގެ ގޮތުގައި) ދޫކޮށްފައިވާ ފްލެޓާއި ރޯހައުސްތަކަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަކޮށްދިނުމުގައި ތިރީގައިވާގޮތަށް ޢަމަލުކުރެއްވުން.
• ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީކުރެވިފައިވާ ފްލެޓާއި ރޯހައުސްތަކަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާގެ އަދަދާއި، ފައިސާ ދައްކަންޖެހޭ މުއްދަތު އެއްހަމައެއްގައި ހިފެހެއްޓުން.
• މިގޮތުން ޔުނިޓަކަށް މަހަކު 3,333.33 ރުފިޔާ ދައްކާގޮތަށް ހަމަޖައްސަވައި، ފައިސާ ދައްކާ ޚަލާސްކުރުމަށް ހޭދަވާނެ މުއްދަތަކީ 20 އަހަރު ކަމުގައި ކަނޑައެޅުން.
• ޑައުންޕޭމަންޓްގެ ގޮތުގައި 20,000 ރުފިޔާ ކަނޑައެޅުމާއި، އެއްބަސްވުމުގެ ސޮއިކުރާ ދުވަހުން ފެށިގެން 10 މަސްދުވަހުގެ ތެރޭގައި މި ފައިސާ ދައްކާ ހަލާސްކުރާގޮތަށް ކަނޑައެޅުން. (ޑައުންޕޭމަންޓްގެ ގޮތުގައި ނަގާ ފައިސާއަކީ ޔުނިޓްގެ އަގުން އުނިކުރެވޭ ފައިސާއެކެވެ.)
• މިހާރެކޭވެސް އެއްގޮތަށް އެއްމެދު އިމާރާތެއްނަމަ، މެއިންޓަނަންސް ފީގެ ގޮތުގައި 550 ރުފިޔާ ނަގަމުން ގެންދިއުން.