ރަށްރަށުގެ އިޚްތިޞާޞް ތެރެއަށް އިތުރު ތަންތަން ހިމެނުމުގެ ސިޔާސަތު ކަނޑައެޅުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

ޖަލްސާ ބޭއްވުނު ތާރީޚު

05 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ރަށް ނުވަތަ ސިޓީގެ އިޚްތިޞާޞްގެ ތެރޭގައި އިތުރު ތަންތަން ހިމެނުމާ ގުޅޭ ކަންކަން، ތިރީގައިވާ ސިޔާސަތާ އެއްގޮތަށް ކުރިއަށް ގެންދެވުން.
• ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ 700 މީޓަރަށްވުރެ ކައިރީގައިވާ ރަށެއް، ރިޒޯޓެއް ނުވަތަ އިންޑަސްޓްރިއަލް ބޭނުމަކަށް ދޫކޮށްފައި އޮތްނަމަ، އެ ރަށެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލައި، އެ ރަށެއް ދޫކުރި މަޤްޞަދާ އެއްގޮތަށް މަސައްކަތް ނުކުރާ ރަށްރަށުގެ ތެރެއިން ކައުންސިލުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނެން ހުރި ރަށްރަށް، ކައުންސިލުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނުން.
• ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ރަށްރަށާއި ބިންބިމާއި ވަޞީލަތްތައް ބޭނުންކުރުމާއި، ތަރައްޤީކުރުމާއި، އެ ވަޞީލަތް ބޭނުންކޮށްގެން އިޤްތިޞާދީ އަދި މަދަނީ މުޢާމަލާތު ކުރުމާބެހޭ އިޖުރާޢީ އުސޫލެއް ނުވަތަ ގަވާއިދެއް އެކަށައަޅުއްވައި ގެޒެޓް ކުރުން.
• ކައުންސިލުން ހުށަހަޅާ ޕްރޮޕޯސަލްތައް މިންކުރުމަށް، ސަރުކާރުން މިފަދަ އިންވެސްޓްމަންޓްތަކަށް ޢަމަލުކުރާ އުޞޫލުގެ ތެރެއިން މިންކުރާނެ ގޮތްތަކެއް ކަނޑައެޅުން.
• ނޭޝަނަލް ޕްލޭންއާއި ފުށުނާރާ ގޮތަށް ރަށްރަށުގެ އިޚްތިޞާޞް ތެރެއަށް އިތުރު ތަންތަން ހިމެނުން.
• މި ޕްރޮސެސް ކުރިއަށްގެންދާއިރު އެތަން ނިސްބަތްވާ އަތޮޅާއި ކައިރީގައިވާ އެހެން ރަށްތަކުގެ ރައްޔިތުންނާ މަޝްވަރާކުރައްވައިގެން ކުރިއަށް ގެންދިއުން.
• މިގޮތަށް ހަވާލުކުރާއިރު އެތަންތަނުގައި ކުރާނީ ކޮން މަސައްކަތެއްކަން ކަނޑައަޅައި ރާއްޖޭގެ މައި އިންޑަސްޓްރީތަކަށް ގެއްލުންނުވާގޮތަށް ހަވާލުކުރުން.
• ރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ހަވާލުކުރާ ތަންތަނުގެ ބޭނުންކުރުން.