'އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު' އާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

ޖަލްސާ ބޭއްވުނު ތާރީޚު

06 ސެޕްޓެމްބަރު 2026


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

- ދިވެހީންގެ ޒަމާނުއްސުރެ އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު، އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގެވުމަށާއި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ތިރީގައިވާ ކަންކަން ކުރިއަށް ގެންދެވުން.
o އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ކަނޑައެޅުން.
o މި މަޝްރޫޢުގައި ބޭނުންކުރައްވާ ޝިޢާރާއި ލޯގޯ، މުޅި މަޝްރޫޢު ނިމެންދެން ސިޓީއާއި ދަޢުވަތު ކާޑުފަދަ ތަކެތީގައި ބޭނުންކުރުން.
o މި މަޝްރޫޢު ހިންގާނެ އޮފީހެއް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގައި ގާއިމުކޮށް މަޝްރޫޢުގެ ކަންކަން ހިންގާނެ މުވައްޒަފުން ހަމަޖެއްސުން.
o މި މަޝްރޫޢު ހިންގުމަށް ވިލަރެސްކުރާ މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދުން. އަދި މި ކޮމިޓީގައި ތިރީގައިވާ ވުޒާރާތަކާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ހިމެނުން.
 މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
 މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
 މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
 މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
 މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
o މި މަޝްރޫޢުގެ ހަރަކާތްތަކުގެ ތެރެއިން ވުޒާރާތަކާ ގުޅުންހުރި ކަންކަން އެ ވުޒާރާއަކާ ގުޅިގެން ކުރުން. އަދި އަތޮޅުތަކުގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ހުށަހަޅުއްވާފައިވާ ގޮތަށް ކުރިއަށް ގެންދިއުން.
- އިޙުތިރާމް އަދާކުރުމުގެ ދުވަހެއް، ޤައުމީ ފެންވަރުގައި "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު 1 ފަހަރު ފާހަގަކުރުން. އެ ދުވަހަކީ މި މަޝްރޫޢު އިފްތިތާޙު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުން.
- މި މަޝްރޫޢު ހިންގުމަށް ބޭނުންވާ ބަޖެޓް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން ހަމަޖެއްސެވުން.