ނޭޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސަބިލިޓީ މަޝްރޫޢު ހިންގުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ޖަލްސާ ބޭއްވުނު ތާރީޚު

05 އޮކްޓޯބަރު 2025


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި އެފޯޑަލަބް ހައުސިންގ މާކެޓެއް އުފެއްދުމަށާއި، ޖުމްލަގޮތެއްގައި ހައުސިންގއަށް ރައްޔިތުންގެ ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަލަން ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސަބިލިޓީ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ތިރީގައިވާ ކަންކަން ކުރެއްވުން.
1. އިމާރާތްކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ތަރައްޤީކުރުމަށް ފުރުސަތު ހުޅުވާލުން.
2. މިގޮތަށް ތަރައްޤީކުރެވޭ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ގަންނަ ފަރާތްތަކަށް ބޭންކް ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އެންޑް-ޔޫސަރ ފައިނޭންސްގެ ޚާއްޞަ މޯގޭޖް ސްކީމެއް ބޭންކްތަކާ މަޝްވަރާކޮށްގެން ތަޢާރަފްކުރުން.
3. މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓްތައް ތަރައްޤީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓްތައް މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
4. ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓްތައް ގަނެ، އެ ޔުނިޓްތަކަކީ ކަނޑައެޅޭ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކަށް ފޯރުކޮށްދެވޭ ޔުނިޓްތަކެއް ކަމުގައި ކަނޑައެޅުން.
- މަތީގައިވާ ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދެވުން.
- ނެޝަލަން ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސަބިލިޓީ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދަވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ޤާނޫނީ ބާރުވެރިކަން ގެނައުމަކީ މުހިންމުކަމެއްކަމަށްވާތީ، ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް މި މަޝްރޫޢާ ގުޅޭ ކަންކަން އިތުރުކުރައްވައިގެން ކުރިއަށް ގެންދެވުން.