އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

ޖަލްސާ ބޭއްވުނު ތާރީޚު

05 އޮކްޓޯބަރު 2025


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހަޅުއްވާފައިވާ މައްސަލައާގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭގޮތާއި، އަދި ޙިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި، ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) އާ އެއްގޮތްވާގޮތުގެ މަތިން އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާބެހޭގޮތުން ތިރީގައިވާ ކަންކަން ކުރެއްވުން.
1. އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާގޮތަށް ބަދަލު ގެނައުމަށް އެ އަތޮޅު ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުން އެދޭތީ، އައްޑޫ ފޭދޫ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި ޢާންމު ވޯޓު ނެގުން. އަދި އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލްގެދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ) އުފައްދަން ފެނޭތޯ ބެލުމަށް މި ވޯޓުގައި ހިމެނުން.
2. ޢާންމު ވޯޓު ނަގާއިރު އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، 2025 އޮކްޓޫބަރު 24، 25 ވާ ހަފްތާ ބަންދުގެ ތެރެއިން ދުވަހެއްގައި ވޯޓު ނެގުމުގެ ކަންތައް ކުރިއަށް ގެންދިއުން.
3. މި ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞްއަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އިން އިސްނަންގަވައިގެން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވައިލައި، އެޓީމްގެ ދަށުން އައްޑޫގެ ކޮންޓެކްސްޓް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ފަންނީ ޓީމެއް އެކުލަވައިލައިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞްއާގުޅޭ މަސައްކަތްތައް ޢާންމު ވޯޓް ނެގުމުގެ ކުރިން ފެށްޓެވުން.