ފޮޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި، އިންވެސްޓް ނުކުރެވޭނެ ދާއިރާތަކާއި އަދި ޝަރުޠުތަކާއެކު އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ޖަލްސާ ބޭއްވުނު ތާރީޚު
11 ޖޫން 2025
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
ޤާނޫނު ނަންބަރު 11/2024 (ފޮރިން އިންވެސްޓްމަންޓް ޤާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ހުށަހަޅުއްވާފައިވާ ބޭރުގެ އިންވެސްޓަރުންނަށް އެއްގޮތަކަށްވެސް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކާއި، ވަކި ޝަރުޠުތަކެއް ފުރިހަމަވެގެން މެނުވީ އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައެޅުމުގައި (އެނެކްސް 1 ގައި) ހިމެނޭ ތިރީގައި މިވާ ދާއިރާތަކަށް ބަދަލުގެންނަވައި، މި ބަދަލުތަކާއެކު އެނެކްސް 1 އާއި އެނެކްސް 3 ގައިވާ ގޮތަށް ކުރިއަށް ގެންދެވުން.
o އޭވިއޭޝަން މެއިންޓެނަންސް، ރިޕެއަރ، އަދި އޯވަރހޯލް (އެމް.އާރު.އޯ) ސަރވިސަސް ދާއިރާ (އެކްޓިވިޓީ ކޯޑް 2.1) އަށް އިންވެސްޓް ކުރާ ފަރާތަކުން އެންމެ މަދުވެގެން އިންވެސްޓް ކުރެވޭނެ އަދަދަކީ 10,000,000 (ދިހަ މިލިއަން) އެމެރިކާ ޑޮލަރު ކަމަށް. އަދި މިކަމަށް އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރުންގެ ހިއްސާ %49 އަށްވުރެ ބޮޑު ނުވުން.
o ކްރިއޭޓިވް، ރެކްރިއޭޝަނަލް އަދި ކަލްޗަރަލް ސަރވިސަސް ދާއިރާގެ ތެރެއިން ކްރިއޭޓިވް އާޓްސް އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް (އެންޓަރޓެއިންމަންޓް އެކްޓިވިޓީސް) (ލައިވް މިއުޒިކް ބޭންޑާއި ޑީޖޭ ނުހިމަނާ) (އެކްޓިވިޓީ ކޯޑް 3.1)، ކަނޑައަޅާ ވަކި އުސޫލުތަކެއް ދަށުން، ބޭރުގެ އިންވެސްޓަރުންނަށް އެއްކޮށް ހުޅުވާލުން.
o މީޑިއާ، ކްރިއޭޓިވް އަދި ޕަބްލިޝިންގ ސަރވިސަސް ދާއިރާގެ ތެރެއިން، ޕްރިންޓިންގ އަދި ރިޕްރޮޑަކްޝަން އޮފް ރެކޯޑަޑް މީޑިއާ (އެކްޓިވިޓީ ކޯޑް 21.3) އާއި ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓިންގ އެކްޓިވިޓީސް (އެކްޓިވިޓީ ކޯޑް 21.4)، ބޭރުގެ އިންވެސްޓަރުންނަށް އެއްކޮށް ހުޅުވާލުން.