އިކޮނޮމިކް ރިފޯމް އެޖެންޑާގައި ހިމެނޭ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދޭ ނޮން-ކޮންޓްރިބިއުޓަރީ ރިޓަޔަރމަންޓް ޢިނާޔަތްތަކަށް ބަދަލު ގެނައުމާ ގުޅޭ (ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވާހަކަފުޅުގެ ތެރެއިން)

ހުށައެޅުއްވި ފަރާތް

ރައީސުލްޖުމްހޫރިއްޔާ

ޖަލްސާ ބޭއްވުނު ތާރީޚު

01 ޑިސެމްބަރު 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

• ރިޓަޔަރމަންޓް ޕެންޝަން ދިނުމުގައި ޢަމަލުކުރަމުންދާ ގޮތަށް ގެންނެވި ބަދަލާ ގުޅިގެން، އެކިއެކި ފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކަށް ބަލާއިރު، ރައްޔިތުން ބޭނުންވާ ގޮތަކީ އަދި މި ރިޓަޔަރމަންޓުގެ އެލަވަންސް ކަނޑާލުން ނޫން ކަމަށް ފެންނާތީ، އެ ކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން އެކި މުއައްސަސާތަކަށް ފޮނުއްވާފައިވާ ސިޓީ ބާޠިލުކުރެއްވުން. އެއާއެކު އައު މުސާރައިގެ އޮނިގަނޑަށް ބަދަލުވާ ފަރާތްތަކުގެ ރިޓަޔަރމަންޓް ޕެންޝަންގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުމަށާއި، އަދި އެ އޮނިގަނޑުގެ ތެރެއަށް ނުވަންނަ ފަރާތްތައް، އެ އޮނިގަނޑަށް ބަދަލުވުމާ ހަމައަށް، ރިޓަޔަރމަންޓް ޕެންޝަނާ ގުޅޭ ކަންކަންވެސް މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުން.