ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތް ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ދިނުމަށް މާލޭގެ 6 އަވަށާއި އަތޮޅު ތެރޭގައި ސެންޓަރުތައް ގާއިމުކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހެލްތް

ޖަލްސާ ބޭއްވުނު ތާރީޚު

01 ޑިސެމްބަރު 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

• ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތް ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ތަޢާރަފުކުރުމަށްޓަކައި، އެކުލަވައިލައްވާފައިވާ ޕްލޭން (އެނެކްސް 2) އާ އެއްގޮތަށް، މިއަހަރު ނިމުމުގެ ކުރިން މިކަން ތަންފީޒުކުރައްވަން ފެށްޓެވުން.
• މިނިސްޓްރީ އޮފް ފިނޭންސް އާއި، މިނިސްޓްރީ އޮފް ހެލްތް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން މަޝްވަރާކުރައްވައިގެން އެންމެ ޚަރަދު ކުޑަވާނެ ގޮތަކަށް މި ޚިދުމަތް ތަޢާރުފް ކުރުމާއެކު، މި ސިސްޓަމުގެ ތެރެއިން ސިއްޙީ ޚިދުމަތުގެ އިސްރާފުތައް ކުޑަކުރެއްވުން.
• މާލެ ސަރަޙައްދުގައާއި ރީޖަނަލް/ސިޓީތަކުގައި ސެންޓަރުތައް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސެވުން.
• މި ސެންޓަރުތައް ގާއިމުކުރުމުގައި، ކަރުދާހުގައިވާ ޓައިމްލައިންއަށްވުރެވެސް (3 މަސް) އަވަހަށް މާލެ ސަރަޙައްދުގައި ޤާއިމުކުރުމަށްޓަކައި، މިހާރު ޖާގަ ލިބެން ހުރި އިމާރާތްތައް ބައްލަވައި މި މަސައްކަތް އަވަސްކުރެއްވުން.