ރާއްޖޭގެ ހުރިހާ ސިޓީތަކާއި ހުރިހާ ރަށެއްގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ގާއިމުކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހެލްތް

ޖަލްސާ ބޭއްވުނު ތާރީޚު

01 ޑިސެމްބަރު 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

• ރާއްޖޭގެ ހުރިހާ ސިޓީތަކާއި ހުރިހާ ރަށެއްގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ގާއިމުކުރުމާ ގުޅޭގޮތުން ތިރީގައިވާ ކަންކަން ކުރިއަށް ގެންދެވުން.
- ރާއްޖޭގެ ހުރިހާ ސިޓީތަކާއި ހުރިހާ ރަށެއްގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ގާއިމުކުރުމަށް ބޭނުންވާ ވަސީލަތްތައް ވީ އެންމެ ކުރު މުއްދަތެއްގައި ހަމަޖެއްސުން.
- ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއަރގެ ޚިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ޚިދުމަތް ދިނުމަށް ހަމަޖެއްސުން.
- ރާއްޖޭގެ ހުރިހާ ސިޓީތަކާއި ހުރިހާ ރަށެއްގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ގާއިމުކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ހުށަހަޅުއްވާފައިވާ ބަޖެޓް ހަމަޖެއްސުން.