ޖަލުތަކަށް ޙުކުމް ކުރެވިފައިވާ ޤައިދީންނަށް ހިންގޭ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ޤައިދީން ލައްވާ މަސައްކަތް ކުރުވުމާއި، އެފަދަ ޕްރޮގްރާމްތަކާއި ގުޅުވައިގެން، އެ ފަރާތްތަކުގެ ޙުކުމަށް ލުއި ދިނުމާއި، ޙުކުމް މަޢާފުކުރުން ނުވަތަ ކްލެމެންސީގެ ފުރުޞަތު ފަހިކޮށްދިނުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ޖަލްސާ ބޭއްވުނު ތާރީޚު

01 ޑިސެމްބަރު 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

• ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ބައެއްގެ ގޮތުގައި ޖަލުގެ އެތެރޭގައާއި އަދި ބޭރުގައި ތަފާތު އެކި މަސައްކަތްތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އެ ޕްރޮގްރާމްތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފުރިހަމަކުރާ ފަރާތްތަކަށް، އެކަމާ ގުޅުވައިގެން ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިން ޙުކުމަށް ލުއި ދިނުމާއި، ޙުކުމް މަޢާފުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހުށަހަޅުއްވާފައިވާ ތިރީގައިވާ ކަންކަން ޖަދުވަލު 1 ގައިވާ ގޮތަށް ކުރިއަށް ގެންދެވުން.
1. ރީހެބިލިޓޭޝަން ފްރޭމްވަރކަށް ޢަމަލުކުރަން ފެށްޓުން.
2. ޖަލުތަކުގައާއި ޖަލުން ބޭރުގައި ޤައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތަށް ނިޒާމް ބަދަލުކުރުން.
3. ރީހެބިލިޓޭޝަން ފްރޭމްވަރކް އާއި މަޢާފުދިނުމާއި، ޕެރޯލް ހަމަޖެއްސުމާއި އަދި ޙުކުމަށް ލުއި ދިނުމުގެ ނިޒާމް ގުޅުވާލުން.
4. ކޮމިއުނިޓީ ސަރވިސް އިތުރަށް ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
• މި ލުއިތަކާއި މަޢާފުދިނުމުގެ ކަންތައްތަކުގައި މިހާރު ހަދާފައިވާ ޤާނޫނުތައް، ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) އާއި، 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ
ޤާނޫނު) ގެ ތެރެއިން އެކަންކަން ކުރިއަށް ގެންދަވާގޮތަށް ހަމަޖެއްސެވުން.