2. ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ޖަލްސާ ބޭއްވުނު ތާރީޚު
30 ސެޕްޓެމްބަރު 2024
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
• ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ކަނޑުގެ ވަޞީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން، ތިރީގައިވާ ކަންކަން ކުރިއަށް ގެންދެވުން.
- ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ގާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، ތިރީގައިވާ ޒޯނުތައް (ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ރަށްރަށާއި ފަރުތައް ހިމެނޭގޮތަށް) މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅުން.
ބޮޑުތިލަދުންމަތި (ހދ. އަދި ށ.އަތޮޅު) މެރިކަލްޗަރ ޒޯން
މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯން
މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން
ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗަރ ޒޯން
- މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން
އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަހައްދު (ކޯޑިނޭޓްސް: 4°3'53.94"N 73°25'37.87"E) އަކީ، ކޮމަރޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ޚާއްޞަކުރެވޭ މޫދުކޮށީގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުން. އަދި މި ފަރަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން މެރިކަލްޗަރ ތަމްރީނުތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން، މި ވިޔަފާރި ފަށައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްކަންދީގެން ކުއްޔަށް ދޫކުރެވޭ ފަޅެއްގެ ގޮތުގައި ކަނޑައެޅުން.
- މެރިކަލްޗަރ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި ތިރީގައިވާ އުސޫލުތަކަށް ޢަމަލުކުރެއްވުން.
o މާލެއަތޮޅުން ހުށަހަޅާފައިވާ ސަރަހައްދު ފިޔަވައި އެހެން ޒޯނުތައް، ހެޗަރީގައި ކަނޑުގެދިރުން އާލާކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި ފޮރިން އިންވެސްޓްމަންޓް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުއްޔަށް ދިނުން.
o މެރިކަލްޗަރ ވިޔަފާރި ތަޖުރިބާކުރުމަށް ހުށަހަޅާ ދިވެހީންނަށް އަމާޒުކޮށްގެން، މާލެ އަތޮޅުން ކަނޑައަޅާފައިވާ ސަރަހައްދު ކުއްޔަށް ދިނުން.
o ރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި ނެތް ޓެކްނޯލޮޖީއެއް ތަޢާރުފުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ 46 ވަނަ މާއްދާއާއި 50 ވަނަ މާއްދާއާ އެއްގޮތަށް މި ޒޯނުތަކުގެ ރަށްރަށާއި ފަރުތައް ކުއްޔަށް ދިނުން.
o ޤާނޫނު ނަންބަރު 1979/25 (ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާ އެއްގޮތްވާ ގޮތުގެމަތިން 50 އަހަރުގެ މުއްދަތަށް، މި ޒޯނުތަކުގެ ރަށްރަށާއި ފަރުތައް ފޮރިން އިންވެސްޓްމަންޓަށް ކުއްޔަށް ދޫކުރުން.
o މުޅި ޒޯނު ނުވަތަ ޒޯނުން ބައެއްގައިވެސް މެރިކަލްޗަރ މަސައްކަތްތައް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭގޮތަށް ހަމަޖެއްސުން.
o ޒޯނުން ބައެއް ބޭނުންކުރުމަށް ހުށަހަޅާނަމަ، ކުލި ނެގޭނީ ބޭނުންކުރަން ހުށަހަޅާ ސަރަހައްދުގެ ބޮޑުމިނުގެ ނިސްބަތުން ކަމަށް ހަމަޖެއްސުން.
o އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް އެއް ޒޯނެއްގައި މެރިކަލްޗަރ މަސައްކަތްތަކުގައި ހަރަކާތްތެރިވެވިދާނެ ކަމަށާއި، މިގޮތަށް އޮޕަރޭޓް ކުރުމުގައި، ބޭނުންކުރާނީ އެއް ސަރަހައްދެއްގައި އެކުއެކީގައި ގެންގުޅެވޭ ދިރުންތައް ކަމަށް ކަނޑައެޅުން.
o ރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ތަރައްޤީކުރުމަށް މަގުފަހިކުރުމަށްޓަކައި، ކަނޑައަޅާ މެރިކަލްޗަރ ޒޯނުތައް ކުއްޔަށް ހިފާ ފަރާތްތަކުން އެކުއިޒިޝަން ފީއެއް ނުނެގުން.
o ފުރަތަމަ 3 އަހަރު ދުވަހުގެ ކުލި މަޢާފުކުރުން.