3. މޯލްޑިވްސް ފަންޑް މެނެޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެފް.އެމް.ސީ.) އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ.) މާޖްކުރުމާގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ޖަލްސާ ބޭއްވުނު ތާރީޚު
01 ސެޕްޓެމްބަރު 2024
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
• މޯލްޑިވްސް ފަންޑް މެނެޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެފް.އެމް.ސީ.) އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ.) އެއްކޮށްލުމުގެ މަސައްކަތް މި ވަގުތު ކުރިއަށް ނުގެންދެވުން. އަދި އެމް.އެފް.އެމް.ސީ. އިން މިހާރު ކުރިއަށް ގެންދަވާ ފަތުރުވެރިކަމާ ގުޅުންހުރި ކަންކަން ޤާނޫނާ އެއްގޮތަށް ކުރިއަށް ގެންދަވައި، މި ދާއިރާއިން އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރެއްވުމަށްޓަކައި، އިންޓަގްރޭޓެޑް ޓޫރިޒަމްގެ މެންޑޭޓް، އެ ކުންފުނީގެ އަސާސީ ގަވާއިދަށް އިތުރުކުރުމަށްޓަކައި، ކުރައްވަންޖެހޭ ކަންކަން ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރެއްވުން.
• އިންޓަރގްރޭޓެޑް ޓޫރިޒަމާ ގުޅޭ މަސައްކަތް ކުރުމަށް ސަރުކާރުން އުފައްދަވާފައިވާ، މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމް.އައި.ޓީ.ޑީ.ސީ.) އުވާލުމަށްފަހު،
އެ ކުންފުނީގެ އެންމެހާ މަސައްކަތްތައް، އެމް.އެފް.އެމް.ސީ. އާ ހަވާލުކުރެއްވުން.
• އޯޝަން ކަނެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އޯ.ސީ.އެމް.) އިން ކުރިއަށް ގެންދަވާ މަޝްރޫޢުތައް، މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުން.
• ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރެއްވުމަށް އުފައްދަވާފައިވާ އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އުވާލުމަށްފަހު، އެ ކުންފުނީގެ މަސައްކަތްތައް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރެއްވުމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދެވުން.
• މި ކަމާގުޅޭ އެންމެހައި މަސައްކަތްތައް 31 ޑިސެންބަރު 2024 އަށް ނިންމެވުން.