2. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ.)އިން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ) ގަތުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ޖަލްސާ ބޭއްވުނު ތާރީޚު

01 ސެޕްޓެމްބަރު 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

• ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ.) ގެ %100 ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ.) ބަދަލުކުރެއްވުމަށްފަހު ތިރީގައިވާ ބަދަލުތައް ގެންނެވުން.

- އެޗް.ޑީ.ސީ.ން ބަލަހައްޓަމުން އަންނަ ސޯޝަލް ހައުސިންގ މަޝްރޫޢުތަކާއި އަދި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވޮލޮޕްމަންޓުގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ސޯޝަލް ހައުސިންގ މަޝްރޫޢުތައް އެފް.ޑީ.ސީ. ގެ ދަށަށް ބަދަލުކުރެއްވުން.

- ސިޓީ ކައުންސިލުން ފޯރުކޮށް ނުދޭ މުނިސިޕަލް ޚިދުމަތްތައް އެފް.ޑީ.ސީ.ގެ ދަށުން ފޯރުކޮށްދިނުން.

- އެޗް.ޑީ.ސީ.ން މިހާރުވެސް ކުރަމުން އަންނަ ސޯޝަލް ހައުސިންގ އާ ސީދާ ގުޅުމެއްނުވާ،
އެ ކުންފުނީގެ މެންޑޭޓްގައިވާ ހުރިހާ މަސައްކަތެއް އެޗް.ޑީ.ސީ އިން ކުރިއަށް ގެންދިއުން.

- އެޗް.ޑީ.ސީ. އަކީ އާންމުންގެ ބައިވެރިވުމާއެކު ހިންގާ ޕަބްލިކް ލިސްޓެޑް ކުންފުންޏަކަށް ބަދަލުކުރުމަށް އައި.ޕީ.އޯ. އަކަށް ދިއުން.

• އެޗް.ޑީ.ސީ. ގެ %100 ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް އެފް.ޑީ.ސީ. ބަދަލުކުރުމާ ގުޅޭ އެންމެހައި މަސައްކަތްތައް، 1 ފެބުރުވަރީ 2025 އަށް ނިންމެވުން.