އޯޝަން ކަނެކްޓް މޯލްޑިވްސް (އޯ.ސީ.އެމް.) ގެ ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް ސިސްޓަމް މަޝްރޫޢު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ފިނޭންސް

ޖަލްސާ ބޭއްވުނު ތާރީޚު

25 އޯގަސްޓު 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

• ދިވެހި ދައުލަތުގެ %100 ހިއްސާވާ ކުންފުންޏެއް ކަމުގައިވާ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އޯޝަން ކަނެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް ސިސްޓަމް މަޝްރޫޢަށް އިތުރަށް ބޭނުންވާ ލޯނުގެ ޑިސްބާސްމަންޓްތައް ފެށުމަށްޓަކައި އިކުއިޓީއަށް ދައްކަންޖެހޭ 2.92 މިލިޔަން ޑޮލަރު ސަރުކާރުން ފައިނޭންސްކޮށް، ލޯނުގެ ފައިސާ މި މަސައްކަތަށް އިންވެސްޓްކޮށް، މި މަޝްރޫޢަށް އިތުރު ބަދަލެއް ނުގެނެސް، ކުރިއަށް ގެންގޮސް ނިންމެވުން.