1. ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ޖަލްސާ ބޭއްވުނު ތާރީޚު

30 ޖޫން 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

• ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމާ ގުޅޭގޮތުން ތިރީގައި ދަންނަވާފައިވާ ކަންކަން ކުރިއަށް ގެންދެވުން.

- ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 80 ވަނަ މާއްދާގެ (ހ) ގެ 3 ގައި ބަޔާންކުރާ މަރުކަޒު (ލޯންގް ޓަރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ) ހިމެނޭހެން މިފަދަ ކުދިންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ފަދަ ރީހެބިލިޓޭޝަން މަރުކަޒެއް، މީހުން ދިރިނޫޅޭ ވަކި ރަށެއް (ކުރިން މީހުން ދިރި އުޅެފައިވާ، އުމްރާނީ ތަރައްޤީގެ ކަންކަން ހަމަޖެހިފައިވާ ރަށެއް) ގައި ގާއިމުކުރުން.

- މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހުށަހަޅާފައިވާ ގޮތަށް މި މަޝްރޫޢު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެއްސެވުން.