ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް އެކްސްޕޯއެއް ބޭއްވުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ޖަލްސާ ބޭއްވުނު ތާރީޚު

19 މޭ 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

• ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް އެކްސްޕޯއެއް ބޭއްވުމާ ގުޅޭގޮތުން ތިރީގައިވާ ކަންކަން ކުރިއަށް ގެންދެވުން.
o ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ އެކްސްޕޯ، "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް"ގެ ނަމުގައި ބޭއްވުން. އަދި މި މައުރަޒު 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ބޭއްވެވުމަށާއި، މައުރަޒު ބާއްވާނެ ތާރީޚެއް އާންމުކޮށް އިޢުލާން ކުރެއްވުން.
o މި މައުރަޒަކީ ވާދަވެރި މާހައުލެއްގައި ބޭއްވޭ މައުރަޒަކަށް ހެދުމަށްޓަކައި، އެކި ދާއިރާތަކުން ވާދަކުރެވޭގޮތަށް މި މައުރަޒު ކުރިއަށް ގެންދެވުން. އަދި ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމަނައިގެން މި މައުރަޒް ބޭއްވުން.
o މި މައުރަޒުގައި ވާދަކުރުމަށް ހުޅުވާލާ ބައިގައި ވިޔަފާރިތަކާއި، ރަށްރަށާއި، ސިޓީތަކާއި، އެޑިއުކޭޝަނަލް އިންސްޓިޓިއުޝަންތަކާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދާއިރާއިން ވާދަކުރުމަށް ހުޅުވާލެއްވުން.
o މި މައުރަޒް އިންތިޒާމްކޮށް ހިންގުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކުރިއަށް ގެންދެވުން.
o ކުރިއަރާފައިވާ ޤައުމުތަކުގެ އީޖާދީ މަސައްކަތްތައް މައުރަޒުގައި ދައްކާލެއްވުން.
o އަހަރުން އަހަރަށް މައުރަޒް ފުޅާކޮށް ސަރަހައްދީ ފެންވަރެއްގައި ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ބައިވެރިކޮށްގެން މައުރަޒް ބޭއްވުން.
o މި މައުރަޒުގައި އާ އީޖާދުތައް އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ އީޖާދުތައްކުރާ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން، ރިސަރޗް ގްރާންޓް ފަންޑުން ފައިސާގެ އެހީ ހަމަޖެއްސެވުން.
o މި މައުރަޒަށް ރަސްމީކޮށް ކިޔާނަން ކަމުގައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް" އާ އެކު ބޭނުންކުރާނެ އިނގިރޭސި ނަމެއް ނިންމެވުން."