އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސަރވިސްގައި ވަޒީފާއަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމާ ގުޅޭ.

ހުށައެޅުއްވި ފަރާތް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޖަލްސާ ބޭއްވުނު ތާރީޚު

28 އޭޕްރީލު 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ސިވިލް ސަރވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުޤުވެރިކަން ހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލައި، މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސެވުން. މިގޮތަށް ހަމަޖައްސަވާއިރު، މީހުން ލިބުން ދަތި މަގާމެއްކަމުގައި ބަލާނީ އެ މަގާމަށް މީހަކު ހޯދުމަށް 2 ފަހަރަށް އިޢުލާނުކޮށްގެން ޝަރުޠު ހަމަވާ މީހަކު ނުލިބޭ މަގާމުތައް ކަމަށް ހަމަޖެއްސެވުމަށާއި، ވަގުތީގޮތުން މުވައްޒަފަކު ބޭނުންވާ މަގާމެއްކަމުގައި ބަލާނީ ދިގު މުއްދަތުގެ ޗުއްޓީއެއް ނެގުމާގުޅިގެން އެ މަގާމުގެ މަސައްކަތްކުރާނެ މީހަކު ބޭނުންވާ މަގާމުތައް ކަމަށް ހަމަޖެއްސެވުން.
އެކިއެކި ޓެކްނިކަލް ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި، އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށްވުމާއެކު، އެފަދަ ފަރާތްތަކަށް ޚާއްޞަ ޕޭ ސްޓްރަކްޗަރއެއް އެކުލަވައިލުން.
ހަޔަރ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50% ހުރިހާ ދާއިރާއެއްގެ ހައިލީ ޓެކްނިކަލް ފީލްޑްތަކަށް ޚާއްޞަކުރުން.