މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުގައި ކުރަމުންދާތީ، އެކަންކަން ހުއްޓުވުމުގެ ގޮތުން، ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނީޓަރ ކުރުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ޖަލްސާ ބޭއްވުނު ތާރީޚު
10 މާރިޗު 2024
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
o ރާއްޖޭގެ އެކިކަންކޮޅުތަކުގައި، މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ކުރަމުންދާތީ، އެކަންކަން ހުއްޓުވުމުގެ ގޮތުން، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި، "ވެސެލް ޓްރެކިންގ ޑިވައިސް" ހަރުކޮށްގެން އުޅަނދުފަހަރު މޮނީޓަރ ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދެވުން. މިގޮތުން މި ޑިވައިސް ހަރުކުރުމަށް ކުރަންޖެހޭ ތިރީގައިވާ ކަންކަން ކުރެއްވުން.
o ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގައި ޓްރެކިންގ ޑިވައިސް ހަރުކުރުން ލާޒިމް ކުރުމަށް، ގަވާއިދު ނަންބަރު 2015/R-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) އަށް އިޞްލާޙު ގެންނެވުން.
o ވެސެލް ޓްރެކިންގ ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓަރ ކުރުމުގެ އިންތިޒާމުތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރުގައާއި އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުގެ ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި ހަމަޖެއްސެވުން.
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.