ރާއްޖެއިން ލިބޭ ޑޮކްޓަރީ ބޭހަކީ ފެންވަރު ރަނގަޅު ބޭސް ކަމުގައި ހެދުމަށް ސިޔާސަތެއް އެކުލަވައިލުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް ހެލްތް
ޖަލްސާ ބޭއްވުނު ތާރީޚު
04 ފެބުރުވަރީ 2024
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
ރާއްޖެއިން ލިބޭ ޑޮކްޓަރީ ބޭހަކީ ފެންވަރު ރަނގަޅު ބޭސް ކަމުގައި ހެދުމަށް ސިޔާސަތެއް އެކުލަވައިލުމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ތިރީގައިވާ ގޮތަށް ކުރިއަށް ގެންދެވުން.
o ބޭސް ގަތުމުގައި ބަލްކު ޕްރޮކިއުމަންޓް ނިޒާމު ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ބަލްކުކޮށް ގަތުން. އަދި މި ނިޒާމުގެ ތެރެއިން، ސަރުކާރުން އަސާސީ ބޭސް މެދު ނުކެނޑި ފޯރުކޮށްދިނުމަށް ހަވާލު ކުރައްވާފައިވާ ސަރުކާރު ޙިއްޞާވާ ކުންފުނިކަމުގައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) އިން، ޞިއްޙީ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލުތަކާއި މަރުކަޒުތަކަކުންނާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން މި ބޭސްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
o މި ނިޒާމަށް ބޭނުންވާ، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކުރުން. އަދި ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި މި ގުދަންތައް ސެންޓްރަލީ މޮނިޓަރކުރާނެ ނިޒާމެއް ގާއިމުކުރުން.
o ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ރިފަރަންސް ރެގިއުލޭޓަރީ އޮތޯރިޓީތަކުގެ ގޮތުގައި ބަލައިގަންނަ އޮތޯރިޓީތަކުގައި ރަޖިސްޓަރީކޮށްފައިވާ ބޭސް ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަން ލުއިތަކެއް ދިނުމުގެ ގޮތުން އެކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މަދުކުރުން.
o ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު (ކުއަންޓިޓީ) ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާ ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެހީގައި މިނިސްޓްރީ އޮފް ހެލްތަށް ލިބިފައިވާ HPLC-MS’' މެޝިން އިންސްޓޯލުކުރުމާއި، އެއަށް ބޭނުންވާ ރީއެޖަންޓްސް، ކޮންސިއުމަބަލްސް އަދި ސްޓޭންޑަޑްތަކާއި ރިފަރަންސް ފޮތްތައް ހޯދުން. އަދި ބޭހުގެ ފެންވަރު ކަށަވަރުކޮށް، އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ނޭޝަނަލް ހެލްތް ލެބޯރެޓަރީގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމާއި، އެ ފަރާތްތައް ތަމްރީނުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
o ރާއްޖޭގައި ކޮންބައިންޑް ޑްރަގްސް ލިބެން ނުހުންނަ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ކުރެއްވެންހުރި ކަންކަން ކުރެއްވުން.
o މި ސިޔާސަތުގެ ސަބަބުން، ބޭސް ވިއްކުމުގައި ހަރަކާތްތެރިވާ ވަކިވަކި ފަރުދުންގެ ވިޔަފާރިތަކަށް ކުރާނެ އަސަރާއި، އަގުގެ ތަފާތު ބޮޑުކޮށް އެއް ވައްތަރެއްގެ ބޭސް ވިއްކަމުން ދާދިއުމަށް ގެނެވޭނެ ޙައްލަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިކޮނޮމިކް ކައުންސިލަށް ހުށަހެޅުން.