ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ފޮރިން އެފެއާޒް

ޖަލްސާ ބޭއްވުނު ތާރީޚު

28 ޖަނަވަރީ 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުން ގެންދާ ހަނގުރާމައިގައި، އިސްރާއީލުން "ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް" (ޖެނޮސައިޑް ކޮންވެންޝަން) އާ ޚިލާފުވެފައިވާކަމަށް ތުހުމަތުކޮށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވުން. އަދި މި މައްސަލައިގައި ދިވެހިރާއްޖޭގެ އެޖެންޓެއްގެ ގޮތުގައި އެޓަރނީ ޖެނެރަލް ހަމަޖެއްސެވުން.