ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ޚާއްޞަ ސިޔާސަތެއް ތަޢާރުފުކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ޖަލްސާ ބޭއްވުނު ތާރީޚު

28 ޖަނަވަރީ 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހުށަހަޅުއްވާފައިވާ ސިޔާސަތުގައިވާ ޓައިމްލައިނާ އެއްގޮތަށް ތަޢާރުފުކުރުމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ތިރީގައިވާގޮތަށް ކުރިއަށްގެންދެވުން.

o ޔުޓިލިޓީ ކުންފުނިތަކުން ތެލުގެ ހަކަތަ އުފައްދާ މިންވަރު ކުޑަކޮށް، އިޢާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި ކުރު ރާސްތާ އަދި މެދު ރާސްތާގެ ޕްލޭނެއް ޔުޓިލިޓީ ކުންފުނިތަކާ މަޝަވަރާ ކުރައްވައިގެން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން އެކުލަވައިލުން.

o ރާއްޖޭގެ އެކިކަންކޮޅުގައި ގުދަންކުރުމުގެ ކެޕޭސިޓީ އިތުރުކޮށް، ޒަމާނީ ގުދަންތަކާއި ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރާނެ ސަރަހައްދުތަކެއް، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ކަނޑައެޅުއްވުމަށްފަހު، އިކޮނޮމިކް ކައުންސިލަށް ހުށަހެޅުން. އަދި އެ ތަންތަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފެންނަ މޮޑެލް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) އިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުން.

o ދިވެހިރާއްޖެއާ ކައިރީގައި ގާއިމުކޮށްފައިވާ ބޭރުގެ ވިޔަފާރި ބަނދަރުތަކުން (ކޮލަމްބޯ އަދި ކޮޗިން ފަދަ) ޕޯޓުތަކުން ނަގާ ފީތަކަށް ބެލުމަށްފަހު، މާލޭ ވިޔަފާރި ބަނދަރުން މިހާރު ނަގަމުންދާ ފީތައް މުރާޖާކޮށް، މިކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އަށް ފެންނަގޮތް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުން.