ރާއްޖޭގައި ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް އަލުން ތަޢާރުފުކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

ޖަލްސާ ބޭއްވުނު ތާރީޚު

28 ޖަނަވަރީ 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ރާއްޖޭގައި ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް އަލުން ތަޢާރުފުކުރުމަށްޓަކައި، ތިރީގައިވާ ކަންކަން ކުރިއަށްގެންދެވުން.

o 'މެޑިވެކް' އާއި 'ސަރޗް އެންޑް ރެސްކިއު' ގެ ޚިދުމަތްތައް ލާޒިމުކޮށް، 2 އިންޖީނުލީ ހެލިކޮޕްޓަރ ބޭނުންކޮށްގެން، ހެލިކޮޕްޓަރ އޮޕަރޭޝަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުން. މި ޚިދުމަތްތައް ނޫން އެހެން އާންމު ދަތުރުތައް ކުރަންވާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުން ކަމަށް ކަނޑައެޅުން.

o ވާދަވެރި ބީލަމެއްގެ ތެރެއިން ނުވަތަ 'ރެސްޓްރިކްޓަޑް ޓެންޑަރ' އެއްގެ ތެރެއިން ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދުން. އަދި އެފަދަ ފަރާތަކަށް 5 އަހަރާއި 7 އަހަރާ ދެމެދުގެ ""އެކްސްކްލޫސިވިޓީ"" އެއް ދިނުން.

o އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ސްޓޭންޑަރޑްތަކާ އެއްވަރަށް ދިވެހި ވައިގެ ދަތުރުފަތުރުގެ ޞިނާޢަތް ގެނައުމަށްޓަކައި، އެކުލަވައިލައްވާފައިވާ މަދަނީ ވައިގެ ދަތުރުފަތުރުގެ އައު ބިލަށް، މި ސިޔާސަތުތަކާ ގުޅިގެން ގެންނަންޖެހޭ އެއްވެސް ބަދަލެއް އޮތްތޯ ބެލުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ގެނައުން.

o ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސެވުމަށް ކުރަންޖެހޭ ކަންކަން ކުރުން. އަދި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭކަމަށް ފާހަގަކުރެވޭނަމަ، އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުން.

o ހެލިކޮޕްޓަރު މަސައްކަތް ފަށައިގަތުމަށް ބޭނުންވާ މި ދާއިރާގެ ތަޖުރިބާކާރު ކޮންސަލްޓަންޓުން ހޯދުމަށާއި، ރެގިއުލޭޓަރީ މަސައްކަތް ބައިނަލްއަގުވާމީ މިންގަނޑަށް ކުރުމަށްޓަކައި، ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އިތުރަށް ބޭނުންވާ އޮފީސް ޖާގަ ހަމަޖެއްސުމަށް ބޭނުންވާ ފައިސާ، ބަޖެޓަށް ސަޕްލިމެންޓް ކޮށްދިނުން.

o ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮނިގަނޑު އިސްލާހުކޮށް، އިންޑަސްޓްރީން ފަންނީ ޤާބިލް މީހުން އެޓްރެކްޓްކޮށް ރީޓެއިން ކުރެވޭވަރުގެ މުސާރައިގެ އޮނިގަނޑެއް އެކުލަވައިލުން.