ދިވެހިރާއްޖޭގައި ތަރައްޤީގެ ސަރަހައްދުތަކާއި އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް

ޖަލްސާ ބޭއްވުނު ތާރީޚު

21 ޖަނަވަރީ 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ދިވެހިރާއްޖޭގައި ތަރައްޤީގެ ސަރަހައްދުތަކާއި އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމާ ގުޅޭގޮތުން ތިރީގައިވާ ކަންކަން ކުރިއަށް ގެންދެވުން.

o ވަކިވަކި އަރބަން ރީޖަންތަކާއި އަދި އަރބަން ސެންޓަރުތައް ކަނޑައެޅުއްވުމުގެ ކަންކަން، ހެއްކާއި ޑޭޓާ ބޭނުން ކޮށްގެން ތަފްސީލް ސްޓަޑީ ހަދައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށްގެންދެވުން.

o ތިރީގައިވާ ކަންކަމަށް ރިޢާޔަތްކޮށް، އަރބަން ޑިވެލޮޕްމަންޓް ރީޖަންއެއްގައި ހުންނަންވާ ސިފަތައް/ކްރައިޓީރިއާތައް ކަނޑައެޅުއްވުން.

o ރާއްޖޭގައި އަރބަން ޑިވެލޮޕްމަންޓް ރީޖަންގެ ގޮތުގައި ތަރައްޤީކުރެވިދާނެ ސަރަހައްދުތައް ފާހަގަކޮށް އަރބަން ޑިވެލޮޕްމަންޓް ރީޖަންގެ ގޮތުގައި އެތަންތަނުގައި ހިމެނޭނެ އަތޮޅުތަކާއި ރަށްތައް ފާހަގަކުރުން.

o އަރބަން ޑިވެލޮޕްމަންޓް ރީޖަންއެއްގައި އެއް އަރބަން ސެންޓަރަށް ވުރެ ގިނަ އަރބަން ސެންޓަރު ހިމެނިދާނެ.

o އަރބަން ޑިވެލޮޕްމަންޓް ރީޖަންއެއްގެ ގޮތުގައި އެ ރީޖަންގައި ހިމެނޭ ރަށްރަށުގެ ދިރިއުޅޭ އާބާދީ (ރެޒިޑެންޓް ޕޮޕިއުލޭޝަން) ޖުމްލަ ކުރުމުން 50,000އަށް ވުރެން އާބާދީ ދަށްނުވާނެ ގޮތްތަކަށް ބަލައިގެން ކަނޑައެޅުން.

2033 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ އަރބަން ޑިވެލޮޕްމަންޓް ރީޖަނެއްގެ ދިރިއުޅޭ އާބާދީ (ރެޒިޑެންޓް ޕޮޕިއުލޭޝަން)ގެ ޖުމްލަ 100,000 އަށް ގެނައުމަކީ އަމާޒަކަށް ހެދުން.

o ރީޖަނަލް ލެވެލްގައި ހާސިލްކުރާނެ އައުޓްކަމް ޓާގެޓްތަކެއް (އެ ސަރަހައްދުން ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަންފަދަ ކަންކަމުން ޤައުމުގެ އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު ފަދަ) ކަނޑައެޅުން.

o ތެޔޮ ރައްކާތެރިކުރާ ވަސީލަތް ގާއިމުވެފައިހުރުން.

o ކާބޯތަކެތި ރައްކާކުރާނެ ނިޒާމް ގާއިމުވެފައިހުރުން.

o ތިރީގައިވާ ކަންކަމަށް ރިޢާޔަތްކޮށް އަރބަން ސެންޓަރާއި ސަބް-އަރބަން ސެންޓަރެއް ގައި ހުންނަންވާ ސިފަތައް/ކްރައިޓީރިއާ އަދި އަރބަން ސެންޓަރުތަކުގެ ލެވެލްތައް ކަނޑައެޅުއްވުން.

o އަރބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާ ރަށް ނުވަތަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، އެރަށެއްގެ ނުވަތަ ރަށްތަކުގެ ދިރިއުޅޭ އާބާދީގެ (ރެޒިޑެންޓް ޕޮޕިއުލޭޝަން) ޖުމްލަ 10,000އަށް ވުރެން ދަށް ނުވުން.

o އަރބަން ސެންޓަރުތަކުގައި ގާއިމުކުރެވޭނެ އިންފްރާސްޓްރަކްޗަރ އަދި ޚިދްމަތްތަކަށް ބަލައި އަރބަން ސެންޓަރުތައް ދަރަޖަކުރާނެ މިންގަނޑުތަކެއް ކަނޑައެޅުން. މިގޮތުން މަތީފެންވަރުގެ ޓާޝަރީ ޚިދުމަތްދެވޭ ތަންތަން އެއީ ލެވެލް 1 ގެ އަރބަން ސެންޓަރު ގޮތުގައި ކަނޑައެޅުން.

o ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ސިޓީގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަނޑު ނުވަތަ ޝަރުތުތައް އެންމެ މަދުވެގެން އަރބަން ސެންޓަރުގައި ހުރުން.

o މުސްތަޤްބަލުގައި އަރބަން ސެންޓަރުގައި ހިމެނޭ ރަށްރަށުގައި އިތުރު ތަރައްޤީގެ ކަންކަން ފުޅާ ކުރެވޭނެ ފުރުސަތު (ބިން، ފަޅު) އޮތް ތަންތަނަށް އިސްކަންދިނުން.

o ދަރަޖަ ކުރެވިފައިވާ އަރބަން ސެންޓަރުގެ ޚިދުމަތްތަކާއި އުމްރާނީ ތަރައްޤީ ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުން.

o މިގޮތުން އަރބަން ސެންޓަރުތަށް ގާއިމުކުރުމުގައި 3 ދަރަޖައަކަށް ބަހާލުން.

o ދަރަޖަ މި އަރބަން ސެންޓަރު ގައި ހިމެނޭނޭ ސިފަތައް
މެޓްރަޕޮލިޓަން ސަރަހައްދު
ޤައުމީ ފެންވަރެއްގައި ގާއިމުވެފައި ހުރި ވުޒާރާތަކާއި ޚިދުމަތްތައް ހިމެނޭ، ވެރިކަންކުރާ (ނެޝަނަލް ކެޕިޓަލް) ސަރަހައްދު
އަރބަން ސެންޓަރު ދަރަޖަ 1
1. އަރބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާ ރަށް ނުވަތަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، އެރަށެއްގެ ނުވަތަ ރަށްތަކުގެ ދިރިއުޅޭ އާބާދީގެ (ރެޒިޑެންޓް ޕޮޕިއުލޭޝަން) ޖުމްލަ 15,000 އަށް ވުރެން ދަށް ނުވުން.
2. ޓާޝަރީ ލެވަލްގެ ޞިއްޙީ ޚިދުމަތްދެވޭ ތަންތަން ހުރުން.
3. ބިން ބޮޑު ކުރެވޭނެ ފުރުޞަތު (ފަޅު) އޮތް ތަނަކަށްވުން.
4. ފެނާއި ނަރުދަމާ އަދި މުނިސިޕަލް ޚިދުމަތްތައް ގާއިމުވެފައި ހުރުން.
5. އެއަރޕޯޓެއް ނުވަތަ ޕޯޓެއް އޮތުން.
6. ޓާޝަރީ ފެންވަރުގެ ތަޢުލީމު ހާސިލުކުރެވެން ހުރުން.
7. ވަޒީފާއާއި އާމްދަނީ ލިބޭފަދަ މަސައްކަތްތަކަށް މަގުފަހިވާނޭ ޞިނާޢަތެއް ގާއިމުކުރުމުގެ ޕޮޓެންޝަލް ހުރުން.
8. ޤައުމުގެ ޖީ.ޑީ.ޕީއަށް ކަނޑައެޅޭ މިންވަރެއް އަރބަން ސެންޓަރުގެ އިޤްތިޞާދުން ހިއްސާވުން.


o އަރބަން ސެންޓަރު ދަރަޖަ 2
1. އަރބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާ ރަށް ނުވަތަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، އެރަށެއްގެ ނުވަތަ ރަށްތަކުގެ ދިރިއުޅޭ އާބާދީގެ (ރެޒިޑެންޓް ޕޮޕިއުލޭޝަން) ޖުމްލަ 10,000 އަށް ވުރެން ދަށް ނުވުން.
2. ޓާޝަރީ ލެވަލްގެ ޞިއްޙީ ޚިދުމަތްދެވޭ ތަންތަން ހުރުން.
3. ބިން ބޮޑު ކުރެވޭނެ ފުރުޞަތު (ފަޅު) އޮތް ތަނަކަށްވުން.
4. ފެނާއި ނަރުދަމާ އަދި މުނިސިޕަލް ޚިދުމަތްތައް ގާއިމުވެފައި ހުރުން.
5. އެއަރޕޯޓެއް ނުވަތަ ޕޯޓެއް އޮތުން.
6. ޓާޝަރީ ފެންވަރުގެ ތަޢުލީމު ހާސިލްކުރެވެން ހުރުން.
7. ވަޒީފާއާއި އާމްދަނީ ލިބޭފަދަ މަސައްކަތްތަކަށް މަގުފަހިވާނޭ ޞިނާޢަތެއް ގާއިމުކުރުމުގެ ޕޮޓެންޝަލް ހުރުން.
8. ޤައުމުގެ ޖީ.ޑީ.ޕީއަށް ކަނޑައެޅޭ މިންވަރެއް އަރބަން ސެންޓަރުގެ އިޤްތިޞާދުން ހިއްސާވުން.

o މަތީގައިވާ ގޮތަށް އަރބަން ރީޖަންތަކާއި ސެންޓަރުތަކުގެ މައިގަނޑު އަސާސްތައް ކަނޑައެޅުމުން ވަކިވަކި އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ހެއްކާއި ތަފާސްހިސާބަށް ބިނާކޮށް އިތުރު ދިރާސާތަކާއި ސްޓަޑީ ކުރުން. އަދި މި ސްޓަޑީގައި އަރބަން ސެންޓަރުތަކުގައި ތަރައްޤީކުރުމަށް ބޭނުންވާ ޚިދުމަތްތަކާއި އުމްރާނީ ތަރައްޤީ ހުންނަންޖެހޭ މިންގަނޑުތައް ތަފުސީލުކޮށް ބަޔާންކުރުން. އަދި އަރބަން ޑިވެލޮޕްމަންޓް ރީޖަން އާއި އަރބަން ސެންޓަރުތަކުން ހާސިލްކުރާނެ އައުޓްކަމް ޓާގެޓްތަކެއްވެސް މި ސްޓަޑީގައި ފާހަގަކުރުން.

o ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފައިދާވާގޮތަށް، ރާއްޖޭގެ އާބާދީއަށް ކުރިއެރުން ހޯދައި، ރާއްޖޭގެ އާބާދީއަށް ބޭނުންވާ އޮޕްޓިމަމް ޕޮޕިއުލޭޝަން ގާއިމުކުރުމުގެ ގޮތުން، ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ފަރާތްތަކަށް ދޫކުރާ ވިސާގެ އުސޫލުތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސެވުމާއި، އިތުރަށް ބޭނުންވާ ލުއިތައް ދިނުމަށް ރާއްޖޭގައި ހުރި އޮޕްޝަންތަކާއި، ބޭރުގެ އެހެން ޤައުމުތަކުން އެކަން ކުރަމުންދާ ގޮތް ބައްލަވައި، އިކޮނޮމިކް ކައުންސިލުގެ ބެއްލެވުމުގެ ދަށުން މި ކަމާގުޅޭ ދިރާސާއެއް ހައްދަވައި، އެ ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތްތަކާއެކު މި މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުން.